ދިވެހިން ނުވެސް ދަންނަ ޤައުމަކަށް، އެއްވެސް ފައިދާއެއް ނެތި ރަސްމީ ދަތުރެއް ކުރަން މުއިއްޒު ނިންމައިފިއެވެ. ރައީސް މުއިއްޒު ރަސްމީ ދަތުރެއްގައި ވަޑައިގަންނަވަނީ މަނީ ލޯންޑަރ ކުރުމަށް ދުނިޔޭގައި މަޝްހޫރުވެފައި އެސްޓޯނިއާ ކިޔާ ޤައުމަކަށެވެ.
ރައީސް މުއިއްޒު ވަނީ ރައީސް ސޯލިހަށް ވުރެ 115 މިލިއަން ރުފިޔާ، މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ދަތުރު ފަތުރަށް ޚަރަދު ކޮށްފައެވެ. މިއީ ފިނޭންސް މިނިސްޓްރީއިން އާންމު ކޮށްފައިވާ މައުލޫމާތު ތަކުން ފެންނަން ހުރި ޙަޤީގަތެވެ. މިއީ 2024 ވަނަ އަހަރު ދަތުރު ކުރުމަށް ބަޖެޓް ކުރި ފައިސާ އަށް ވުރެ 38 މިލިއަން ރުފިޔާ އިތުރު އަދަދެއް ވެސް މެއެވެ. މިހާ ބޮޑު އަދަދެއް 2024 ގައި ދަތުރު ފަތުރު ކުރުމަށް ބަޖެޓް ކޮށްފައިވަނި ރައީސް މުއިއްޒުގެ ސީދާ އެންގުމުގެ މަތިން ޓްރާންސިޝަން މަރުހަލާގައި ޕީއެންސީގެ ބަޖެޓް ކޮމިޓީއިން ބޭނުންވެގެންނެވެ.
2025 ވަނަ އަހަރު ފެށިގެން އަދި މިވީ 12 ދުވަހެވެ. މުއިއްޒު އެ ހުންނެވީ ރާއްޖެއަށް ބޭރަށް ދަތުރު ނުކުރެވިގެން ކެތްތެރިކަން ކޮޅުން ލާފައެވެ. މިއަހަރުވެސް 2024 އާއި އެއްވެސް ތަފާތެއް ވާނެ ކަމަށް ނުބެލެވެއެވެ. ބަޖެޓް ޚަރަދުތައް އެޑްމިނިސްޓްރޭޓް ޚަރަދު ތަކުގެ ގޮތުގައި ކޮރަޕްޝަނަށް އިތުރުކޮށް، ވައްކަންކޮށް، ރައީސް މުއިއްޒު ތުރުކީ އަށް ވަޑައިގެންހެން، އަނބިކަބަލުންނާއި އެކު ދުނިޔެ ވަށާ ދަތުރު ކޮށްލެވުމުން ހުރިހާކަމެއް އޮންނާނީ ހަމަ ޖެހިފައެވެ.
މި ދަތުރާއި ގުޅިގެން މުއިއްޒަށް ފާޑު ކިޔުން ސޯޝަލް މީޑިޔާގައި އިތުރުވެފައިވާއިރު، ގިނަ ބަޔަކު ހާމަ ކުރަމުން ދަނީ ބޭރަށް ދަތުރު އެޅުމަށް ވުރެ، ޤައުމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ކަންކަން ހައްލުކޮށް ދިނުން މާ މުހިންމު ކަމަށެވެ.
ދިވެހިންނަށް ހެޔޮ އެންމެ ގޮތެއްވެސް މި 4 އަހަރުތެރޭ މުއިއްޒު އެދޭނަމަ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވާނެއެވެ. ރައީސް މުއިއްޒުގެ ސަބަބުން ރާއްޖެއަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުންވެ، އޭނާގެ ނާގާބިލު ކަމުން އިތުރު އެތައް ބިލިއަނެއްގެ ގެއްލުމެއް އެކި ސިނާއަތްތަކަށް ދަނީ ކުރިމަތި ވަމުންނެވެ.