ޚަބަރު

ޗައިނާގެ ފޮރިންގ މިނިސްޓަރ ރާއްޖެ ވަޑައިގަތީ އެފްރިކާގެ ނެމީބިއާ، ކޮންގޯ، ޗާޑް އަދި ނައިޖީރިއާ އަށް ކުރި ދަތުރަކަށް ފަހު އެނބުރި ޗައިނާ އަށް ދިޔަ މަގުމަތީ ޓްރާންސިޓެއްގައި

ދިޔަވަރު
ޗައިނާގެ ފޮރިންގ މިނިސްޓަރ ރާއްޖެ ވަޑައިގަތީ އެފްރިކާގެ ނެމީބިއާ، ކޮންގޯ، ޗާޑް އަދި ނައިޖީރިއާ އަށް ކުރި ދަތުރަކަށް ފަހު އެނބުރި ޗައިނާ އަށް ދިޔަ މަގުމަތީ ޓްރާންސިޓެއްގައި

ޗައިނާގެ ފޮރިންގ މިނިސްޓަރ ރާއްޖެ ވަޑައިގަތީ އެފްރިކާގެ ނެމީބިއާ، ކޮންގޯ، ޗާޑް އަދި ނައިޖީރިއާ އަށް ކުރި ދަތުރަކަށް ފަހު އެނބުރި ޗައިނާ އަށް ދިޔަ މަގުމަތީ ގައި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. އެއީ ކޮންމެ އަހަރަކު ވެސް އެފްރިކާގެ ބައެއް ގައުމުތަކަށް ޗައިނާގެ ފޮރިން މިނިސްޓަރު ކުރައްވާ ދަތުރެކެވެ.

އާންމުކޮށް ޤައުމުގެ ފޮރިންގ މިނިސްޓަރަކު ޒިޔާރަތް ކުރުމުން ފެންނަ ފަދަ، ޚަރަކާތްތަކެއް ސަރުކާރުން ޗައިނާގެ ފޮރިންގ މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން ނުފެނެއެވެ. ކުޑަ މިނުން ފޮރިންގ މިނިސްޓްރީގެ ޓްވީޓެއްވެސް އެކަމާއި ގުޅިގެން ކޮށްލާފައި ނުވެއެވެ. އަދި ދެ ޤައުމުގެ މިނިސްޓަރުންގެ ބައްދަލުވުމެއް ހިނގާފައި ވާކަމެއްވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމަ ކޮށްފައިވާ މައުލޫމާތަކުން ފެންނަން ނެތުމުން އެފަދަ ބައްދަލުވުމެއްވެސް ހިނގާފައި ނުވާ ކަމަށް ބެލެވެއެވެ.

އެހެން ކަމުން، މިއީ ރަސްމީ ދަތުރަކަށްވުރެ، ޓްރާންސިޓް ދަތުރެއް ކަމަށް ބެލެވެއެވެ. އަދި އެންމެ ދުވަހަކުވެސް ރާއްޖެ މަޑުނުކޮށް، ވަޑައިގެންނެވި ދުވަހު 10 ޑިސެމްބަރު 2025 ގައި އަލުން އެނބުރި ޗައިނާ ފޮރިންގ މިނިސްޓަރ ފުރާފައި ވުމުން، މިއީ ރާއްޖެއަށް ވަޑައިގަތުމަށް ކުރިން ރޭވިފައިވާ ދަތުރެއް ނޫންކަން ސާފުވެއެވެ.

މި ދަތުރުގައި ޗައިނާގެ ފޮރިންގ މިނިސްޓަރ މުއިއްޒު އާއި ބައްދަލު ކޮށްފައިވަނީ، ޓްރާންސިޓް އޮތްކަން އެނގިގެން މުއިއްޒުގެ އެދި އާދޭސްކޮށްގެން ކަމަށް ބެލެވެއެވެ.