ޚަބަރު

ޗައިނާއާ އެންމެ ގާތް ޤައުމަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް މުއިއްޒު ވިދާޅުވުމުން؛ އާންމުންގެ މަލާމާތް ރައްދުވެއްޖެ

ދިޔަވަރު
ޗައިނާއާ އެންމެ ގާތް ޤައުމަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް މުއިއްޒު ވިދާޅުވުމުން؛ އާންމުންގެ މަލާމާތް ރައްދުވެއްޖެ

ޗައިނާއާ އެންމެ ގާތް ޤައުމަށްވާން ރާއްޖެ ތައްޔާރަށް އޮތް ކަމަށް މުއިއްޒު ވިދާޅުވުމުން؛ މުއިއްޒުގެ އިހްލާސްތެރި ކަމާއި މެދު އާންމުން ސުވާލު އުފައްދައި، އާންމުންގެ މަލާމާތް ރައްދު ވާން ފަށައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ހުކުރު ދުވަހު ރާއްޖެއަށް ކުރެއްވި ކުރު ދަތުރަށްފަހު އެ ގައުމުގެ ސްޓޭޓް ކައުންސިލް ވެބްސައިޓުގައި ރައީސް މުއިއްޒުއާ ހަވާލާދީ ބުނެފައި ވަނީ، ޗައިނާގެ އެންމެ ގާތް ޤައުމަކަސް ވާން ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

ވެބްސައިޓްގައި ވަނީ

The Maldives is willing to always be China's closest partner, continuously consolidate their traditional friendship, strengthen cooperation in various fields, and push for greater development of bilateral relations, said the president.

މިހެންނެވެ.

ޗައިނާއާއި ގުޅުން ބަދަހި ނުވެގެން މުއިއްޒު ދަނީ އިންޑިޔާއާއި ގުޅުން ބަދަހި ކުރަމުންނެވެ. ދާދި ފަހުން، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އިންޑިޔާއަށް ރަސްމީ ދަތުރެއް ކުރައްވައި، އެފަހުން ޑިފެންސް މިނިސްޓަރ ވެސް ވަނީ އިންޑިޔާއަށް ވަޑައިގެންފައެވެ.

މިއަދު ރާއްޖެ ބަނގުރޫޓު ނުވެ މި އޮތީ، އިންޑިޔާ ސަރުކާރުން ދީފައިވާ 400 މިލިއަން ޑޮލަރުގެ އެހީގެ ސަބަބުންނެވެ. އެހެން ނޫންނަމަ ރާއްޖެ މިއަދު ބަނގުރޫޓުވެ އާންމުންނަށް ކާބޯތެކެތި ނުލިބި ތިބެން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމާއި ގުޅިގެން، ލޯޔަރު އަހްމަދު މައުރޫފް ވަނީ "ހާދަ ކޫޑި ސަރުކާރެކޭ" ބުނޭ މުއިއްޒު އެއްވެސް ޤައުމަކަށް ވެސް އިހްލާސްތެރިކަމެއް، ތެދުވެރިކަމެއް ނެތްކަން ހާމަ ކޮށް ދިނުމަށް މަޖާޒީ ގޮތުން ވިދާޅުވެފައެވެ.

އިންޑިޔާ އެންމެ ފުރަތަމަ. ޗައިނާ އެންމެ ގާތް. ތުރުކީ އެންމެ ރައްޓެހި

ކަމަށް ބުނެ ސިޔާސީ ދާއިރާގައި ޑިމޮކްރެޓްސްގައި މިވަގުތު ހުރި ހަމަ އެކަނި ކުޅަދާނެ ވާހަކަ ދެއްކުންތެރިޔާ ވައްޑެ ވަނީ ޓްވިޓަރ ގައި މުއިއްޒަށް ފާޑު ވިދާޅުވެފައެވެ.


ޗައިނާގެ އެންމެ ގާތް ގައުމަށް ވެވޭނީ މާލީ އަޚުލާގާއި އިތުބާރު ދެމެހެއްޓިިގެން. ތާއަބަދު ނާށިގަނޑު ހިފައިގެން ދުނިޔޭގެ އެކި ގައުމުތަކަށް ސަލާން ޖަހަމުންދާ ބަޔަކަށް ޗައިނާގެ އިހުތިރާމު ހޯދަން އުނދަގޫ ވާނެ.

ޤާނޫނީ ވަކީލު އަދި ކުރީގެ މަޖިލީސް މެމްބަރު އަލީ ހުސެއިން އެކްސްގައި ހާމަ ކުރެއްވިއެވެ.


ބަލާބަލަ ހުރި މުނާފިގުކަން! އިންޑިއާ ކައިރީ މިބުނަނީ އިންޑިއަަ ފަސްޓޭ! ބުނެފަ އެބުރިލާފަ ޗައިނާ ކައިރީ މިބުނަނީ ޗައިނާ އާ އެންމެ ގާތް ބަޔަކަށް ވާން ބޭނުމޭ! މުއިއްޒު އަގައިގަ ޓޭޕް އަޅަން ވެއްޖެ!

"އަމިއްލަ މީހާ" ނަމުގައި ހިންގާ އެކައުންޓަކުން މުއިއްޒުގެ މަކަރުވެރިކަން ފާހަގަ ކުރަމުން ހާމަ ކޮށްފައިވެއެވެ.

މުއިއްޒުގެ ދޮގު ހެދުމާއި، އެއްވެސް ކަމެއްގައި ތެދުވެރިކަމެއް ނެތުމާއި، ހަމަ އެއް އުސޫލެއް ނެތި، ވެރިއެއްގެ ޝަހުސިއްޔަތު ގެއްލި، ރަތްލާޖެހި ވަގެއްގެ މަރުކާ ޖެހި، ރައްޔިތުން ތިބީ މުއިއްޒުގެ ވެރިކަން ނިމުމަކަށް އައުމަށް މާތް ރަސްކަލާންގެ ހަޒްރަތުން އެދިއެދިއެވެ.