ޚަބަރު

ފާއިތުވި 30 ދުވަސް ތެރޭ އެކަނިވެސް އިތުރު 12 ސިޔާސީ މަގާމު މުއިއްޒު އުފައްދައިފި، ނަމަވެސް މަދުކުރަން ބޭނުންވަނީ ކައުންސިލަރުން؟

ދިޔަވަރު
ފާއިތުވި 30 ދުވަސް ތެރޭ އެކަނިވެސް އިތުރު 12 ސިޔާސީ މަގާމު މުއިއްޒު އުފައްދައިފި، ނަމަވެސް މަދުކުރަން ބޭނުންވަނީ ކައުންސިލަރުން؟

ފާއިތުވި 30 ދުވަސް ތެރޭ އެކަނިވެސް އިތުރު 12 ސިޔާސީ މަގާމު މުއިއްޒު އުފައްދައިފިއެވެ. މީގެ ތެރެއިން ގިނަ ފަރާތްތަކެއް ލާފައިވަނީ ރައީސް އޮފީހަށެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުއާޒު އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ސޯޝަލް މީޑިޔާގައި ވާހަކަ ދެކެވޭ އައިޝަތު އީޝާ އަޝްރަފް އަށް ވަނީ އެގްޒެކިޔުޓިވް އެޑްމިނިސްޓްރޭޓަރ އޮފް ޕޮލިސީގެ މަގާމު ދެއްވާފައެވެ.

ރައީސް މުއިއްޒު ވަނީ 228 ވުރެ ގިނަ ސިޔާސީ ފަރާތް މަގާމުތަކުން ވަކި ކޮށްފި ކަމަށް ބުނެ، ޓްވީޓް ކޮށް ދޮގު ހަދާފައެވެ. ރާއްޖެއަކީ ކުޑަ ޤައުމަކަށް ވެފައި މިނިސްޓްރީ ތަކުގައި ތިބި ފަރާތްތައް އެކަކު އަނެކަކަށް އެނގޭ އިރު އޮފީސްތަކުން މީހުން ވަކި ކުރުމުން ވަކި ކުރީ ކާކުކަން ސާފުކޮށް އެންމެނަށްވެސް އެނގޭނެއެވެ. ނަމަވެސް މިހާ ފާޅުކޮށް، ފަސޭހައިން އެނގެން ހުންނަ ކަންކަމުގައިވެސް މުއިއްޒު ދަނީ ދޮގު ހަދަމުންނެވެ.

ރައީސް އޮފީހަށް މުއިއްޒު ނަގަމުން ދަނީ ތައުލީމީ ގޮތުން ގާބިލު ކަމެއް ނެތް، ކުޑަ ކުދިންތަކެކެވެ. ރައީސް އޮފީހުގެ ކަންކަން ބޮއްސުންލާފާއިވަނީ މިކަމުގެ ސަބަބުންނެވެ.

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ރައީސް މުއިއްޒު ކައުންސިލަރުން ވަކި ކުރަން ޚިޔާލު ދެމުންދާއިރު، ހައްދެއް ނެތް ވަރަށް މަގާމުގައި ހުރުމަށް މުއިއްޒު ދަނީ މީހުންނަށް ވަޒީފާ ދެމުންނެވެ. ވަޒީފާގެ އަޅުންގެ ސިޔާސީ ވެއްޓެއް މުއިއްޒު ވަނީ އުފައްދާފައެވެ. މުއިއްޒުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ.