މުއިއްޒުގެ ސަބަބުން ބުޅާ ފެސިލިޓީ ހުއްޓި، ބުޅަލުގެ ނަޖިސް ފެން މުޅި މާލޭގައި ވިއްސާރައާއެކު ދައުރުވާން ފަށައިފިއެވެ.
ބުޅާ ފެސިލިޓީ ވަނީ 2 ނޮވެމްބަރު 2024 ގައި ހުޅުވާފައެވެ. ނަމަވެސް ހުޅުވުމަށްފަހު، ސިޓީ ކައުންސިލުން ކުރަމުންދިޔަ ބުޅާ ފެސިލިޓީގެ މަސައްކަތް މުއިއްޒު ވަނީ ހުއްޓުވާލާފައެވެ. މިކަން މުއިއްޒު ކޮށްފައިވައިވަނީ، ބުޅާ ފެސިލިޓީއަކީ މުއިއްޒު ކުރި މަސައްކަތެއް ނޫން ކަމަށް ބުނެ، އެކަމުގެ ކްރެޑިޓް ނެގުމުން ފައިސާތަކެއް ޚަރަދުކޮށް، ހުޅުވުމުގެ ބޮޑު ރަސްމިއްޔާތެއް މުއިއްޒު ބޭއްވުމުން، މުއިއްޒުގެ ނުބައި ކަމުގެ ވާހަކަ މީހުން ދައްކަން ފެށުމުންނެވެ.
މިކަމާއި ގުޅިގެން މުއިއްޒު ވަނީ ބުޅާ ފެސިލިޓީ މާލޭ ސިޓީ ކައުންސިލުގެ އިޙްތިޞާސްގެ ތެރެއިން އަތުލައި، އެއްވެސް މަސައްކަތެއް ނުކޮށް ޓެކްސް ފައިސާ އިސްރާފު ކުރާ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ފަހުން، ބުޅާ ފެސިލިޓީގެ އެއްވެސް މައްސަލައެއް ކުރިއަށް ނުދެއެވެ. ހުރިހާ ކަމެއް ވަނީ ހުއްޓިފައެވެ.
ބޮޑު ރަސްމިއްޔާތެއް ބާއްވައި ބުޅާ ފެސިލިޓީ ހުޅުވައި، ޕީއާރު ސްޓަންޓު ޖައްސައިގެން ރައްޔިތުންނަށް އޮތް ފައިދާއަކީ ކޮބައިތޯއެވެ؟ ރައްޔިތުން އަދިވެސް ތިބީ ބުޅަލަށް އަޅާލެވޭނެ ފެސިލިޓީ އެއްގެ އިންތިޒާރުގައެވެ. ބުޅަލުގެ ނަޖިހުން ސަލާމަތް ނުވެވިފައެވެ. ނަމަވެސް ވައްކަމެއް ނުކުރެވޭ އެއްވެސް ކަމެއް ފިރުކިލާތަންވެސް މުއިއްޒުގެ ސަރުކާރުގައި ނުފެނުމަކީ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.
ބުޅާ ފެސިލިޓީގައި ނުނިމި ހުރި ކަމަކީ، އެކަމަށް ބޭނުންވާ މުއައްޒަފުން ނެގުން އެކަންޏެވެ. އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައި ނުދެނީ މުއިއްޒުއެވެ. ނުދޭ ސަބަބަކީ އެވަރަށް ބުޅާ ފެސިލިޓީއަކީ ތިމަންނާގެ ތަނެއް ކަމަށް ދެއްކުމަށް ކުރި މަސައްކަތުން މީހުން މަލާމާތް ފިޔަވާ އިތުރު އެއްޗެއް ނުލިބުމުން، ރައްޔިތުން ދެކެ އޮތް ނަފްރަތުގެ ބޮޑުކަމުން ނޫން ކޮންކަމަކުންތޯއެވެ؟
މާލޭ މޭޔަރު ކަމުގައި ހުރެ، 3 ފަހަރު މަތިން ބުޅާ ފެސިލިޓީ އަޅާ ދޭނެ ކަމަށް ނޫސްވެރިން ގެނެސް އެކި ތާރީޚު ތަކުގައި އެކި ސިޔާސީ ކަންކަން ހާސިލް ކުރަން ވައުދުވެ، އާދައިގެ މަތިން، މުއިއްޒު އެކަން ނުކޮށް ހުއްޓާ އެކަން ކޮށްފައިވަނީ މިހާރުގެ ސިޓީ ކައުންސިލުންނެވެ.
ބަޔަކު، ބުޅާ ފެސިލިޓީ އަޅާ ދިނުމުން ވެސް ޚިދުމަތް ދެވޭ ވަރު ނެތް ސަރުކާރެއް އޮތުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ މުޅި މާލޭގައި ބުޅާ ނަޖިހެވެ. ވިއްސާރާގައި ބުޅާލުގެ ނަޖިސް ފެނެވެ. މުއިއްޒު އިސްތިއުފާ ދޭށެވެ.