ޚަބަރު

ޑީއެންއާރުން ވައްކަން ކޮށް ވަގު ފޯމު ފުރީ ރައީސް މުއިއްޒު އަންގައިގެން އިހްސާން ކަން ފޮޓޯތަކުން ހާމަވޭ

ދިޔަވަރު
ޑީއެންއާރުން ވައްކަން ކޮށް ވަގު ފޯމު ފުރީ ރައީސް މުއިއްޒު އަންގައިގެން އިހްސާން ކަން ފޮޓޯތަކުން ހާމަވޭ

ހަސަން ކުރުސީ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ޑިއެންއާރު ޑޭޓާ ބޭސް އިން ފޮޓޯ ނަގައި ޕްރިންޓް ކޮށްގެން ފޮޓޯ ކަފާ މަންޒަރާއި، އެކަން ކުރަމުންދާތަން ކައިރިން ބައްލަވައި، އިރުޝާދު ދިނުމަށް ހުންނެވި މަންޒަރު ވަނީ ލީކު ވެފައެވެ.

ޤައުމުގެ މިނިސްޓަރަކު، މި ވަރު ބޮޑު ޖިނާޢީ ކުށަކަށް އަރައި ގަންނާނީ ޤައުމުގެ ވެރިމީހާގެ ފުރިހަމަ އެއްބާރުލުމާއި އެކުއެވެ.

ރައީސް މުއިއްޒު އާއި، ވެރިކަމުގައި ތިބި ފަރާތްތަކަކީ، ރައްޔިތުންގެ ރައްކާތެރި މައުލޫމާތުން ވައްކަން ކޮށް، ވަގު ފޯމު ފުރައި، އެ ކުށައަށް އަރައިގަތުމަށް، ބޭނުންވާ ހުރިހާ ވަސީލަތެއް ރައްޔިތުންގެ މުދަލުން ނަގައިގެން މިކުށް ހިންގި އަނިޔާވެރި ގޭންގެވެ. މިއީ ރާވައިގެން ހިންގި އޯގަނައިޒްޑް ކްރައިމްއެކެވެ. ސަރުކާރުގެ އެންމެ މަތިންނެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅުނު ވަގު ފޯމުތަކުގެ މައްސަލަ އިތުރަށް ބޮޑުވެއްޖެއެވެ. މިއަދު ސޯޝަލް މީޑިއާގައި ލީކުވި ފޮޓޯތަކުން ދައްކާގޮތުގައި، މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރު އަލީ އިހުސާންގެ ސީދާ ބެލުމުގެ ދަށުންނެވެ.

ލީކުވި ފޮޓޯތަކުގައި ފެންނަ މަންޒަރުތައް:

  • ޕީއެންސީގެ މެންބަރޝިޕް ފޯމުތައް ފުރަމުންދާއިރު މިނިސްޓަރު އިހުސާން އެތަނުގައި ހުރިތަން
  • ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ ވެސް އެތަނުގައި އިން މަންޒަރު
  • ގިނަ އަދަދެއްގެ ފޯމުތަކާއި ޕާސްޕޯޓު ސައިޒު ފޮޓޯތައް ކަފަމުންދާ މަންޒަރު

މިކަމާ ގުޅޭގޮތުން އިހުސާން ދެއްވި ބަޔާނުގައި:

  • މިއީ މިނިސްޓްރީގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށް ވިދާޅުވި
  • އެއީ ވެލާނާގޭގައި ނަމަވެސް، ހޯމް މިނިސްޓްރީގެ ފްލޯއެއް ނޫންކަމަށް ވިދާޅުވި
  • ރަސްމީ ގަޑީގެ ބޭރުން ސިޔާސީ މުވައްޒަފުންގެ މަސައްކަތެއްގައި އެތަނަށް ދިޔަކަމަށް އެއްބަސްވި
  • ޑީއެންއާރް ޑޭޓާބޭސްގެ މަޢުލޫމާތު ބޭނުންކުރިކަން ދޮގު ނުކުރެއްވި

މައްސަލައިގެ ކުރިއެރުންތައް:

  • ޕީއެންސީން ވަނީ ސައްހަނޫން ފޯމުތަކެއް ހުށަހެޅުނުކަން ރަސްމީކޮށް އެއްބަސްވެފަ
  • ޕާޓީގެ އިސް އޮފިޝަލުން ބުނާގޮތުގައި ވަގު ފޯމުތަކުގެ އަދަދު އެތައް ހާހަކަށް އަރާ
  • މި މަސައްކަތް ޕީއެންސީގެ ހަރުގޭގައިވެސް ކުރިއަށް ގެންގޮސްފައިވާކަމަށް ބެލެވޭ

ޤާނޫނީ ނަތީޖާ:
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން، ގަވާއިދާ ޚިލާފަށް ހުށަހަޅާ ކޮންމެ ފޯމަކަށް 5,000 ރުފިޔާއިން 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ސޮއެ ފޯޖް ކޮށް، އޮޅުވާލުމަށް ނުބައި އިނގިލީގެ ނިޝާނެއް ޖެހުމަކީ ޖަލު ހުކުމެއް އަންނަ ބޮޑު ޖިނާޢީ ކުށެކެވެ.