ޓިކްޓޮކް އާއި ޓްވިޓަރ އަދި އިންސްޓަރގްރާމް ބްލޮކް ކުރަން ނޫޅޭ ކަމަށް ބުނެ ސަރުކާރުން ރޯ ބުހުތާނު ދޮގު ހަދައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރުން ނުވިސްނާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް، މި މަޝްވަރާތައް ރައީސް އޮފީހުގައި ހިނގައި، ރައީސް މުއިއްޒުވަނީ ޓިކްޓޮކް އާއި ޓްވިޓަރ އަދި އިންސްޓަރގްރާމް ބްލޮކް ކުރުމަށް ނިންމާފައެވެ. މިކަން ކުރަމުން ދަނީ، ޓްވިޓަރ ބްލޮކް ކުރުމުގެ ބޭނުމުގައެވެ. އަދި ޓްވިޓަރ ބްލޮކް ކުރަން އުޅެނީ ސާޖިދާ ބޭނުންވެގެންނެވެ. ސާޖިދާ ބޭނުންވަނީ ސޯޝަލް މީޑިޔާއިން ރައީސް މުއިއްޒު ހަދަމުންދާ ދޮގާއި ވައްކަމުގެ ވާހަކަތައް އޭނާގެ ދަރިންނަށް ފެންނާތީ އެކަން ހުއްޓުވަމަށެވެ.
މިކަން ކުރުމަށް ރައީސް އޮފީހުގެ މަޝްވަރާއަށް ފަހު، މުއިއްޒު ވަނީ އެޓާނީ ޖެނެރަލް އާއި ވެސް ވާހަކަ ދައްކާފައެވެ. ނަމަވެސް އޭޖީ އޮފީހުން ވަނީ މިކަން ނުކުރުމަށް މުއިއްޒަށް ގާނޫނީ ލަފާ ދެއްވާފައެވެ.
ހީނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
މި ގޮތުން އަސާސީ ހައްޤުތައް ހިމާޔަތް ކުރުމަށް ރައީސް މުއިއްޒު ދެއްވާ އިސްކަމުގެ ތެރެއިން، މި ސަރުކާރުން ވެރިކަމަށް އައިތާ ދުވަސްކޮޅެއް ތެރޭ ދިޔަވަރު ނޫސް ހިމެނޭހެން ދެ ވެބްސައިޓެއް ބްލޮކް ކޮށްފައިވެއެވެ. ސަރުކާރުން ވަނީ އެކަން ފުރަތަމަ ދޮގުކޮށްފަ އެވެ. ފަހުން ބުނެފައި ވަނީ އެ ވެބްސައިޓު ބްލޮކް ކުރީ ރަޖިސްޓްރީނުކޮށް ނޫހެއް ގޮތަށް ހިންގާތީ ކަމަށެވެ.
ރައީސް މުއިއްޒު ދަނީ ވަކި ކަމެއް ނުބަލައި، ހުރިހާ ކަމެއްގައި ތައްމިނަށް ރައްޔިތުންނަށް ދޮގު ހަދައި ކަންކަން އޮޅުވާލަމުންނެވެ.