ޚަބަރު

އެސްޓޯނިޔާގެ ދަތުރަކީ 2028 ވަނަ އަހަރުގެ އިންތިހާބު ވަގަށް ނެގުމަށް އީ-ވޯޓިންގ ތައާރަފް ކުރުމަށް ކުރި ދަތުރެއް؟ މިކަންވެސް ކުރާނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ!

ދިޔަވަރު
އެސްޓޯނިޔާގެ ދަތުރަކީ 2028 ވަނަ އަހަރުގެ އިންތިހާބު ވަގަށް ނެގުމަށް އީ-ވޯޓިންގ ތައާރަފް ކުރުމަށް ކުރި ދަތުރެއް؟ މިކަންވެސް ކުރާނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ!

ރައީސް މުއިއްޒުގެ އެސްޓޯނިޔާގެ ދަތުރަކީ 2028 ވަނަ އަހަރުގެ އިންތިހާބު ވަގަށް ނެގުމަށް އީ-ވޯޓިންގ ތައާރަފް ކުރުމަށް ކުރާ ދަތުރެއްކަމަށް ބެލެވެއެވެ.

އެސްޓޯނިއާގެ އިލެކްޓްރޯނިކް ވޯޓިންގ ނިޒާމު ބަލައި، އެ ފަދަ ނިޒާމެއް ރާއްޖެ ގެނެސް، ވޯޓުން ވައްކަންކޮށްގެން އުމުރު ދުވަހު ވެރިކަމުގެ ހުރުމަކީ މުއިއްޒު ބޭނުންވާ ގޮތް ކަމުގައި މައުލޫމާތު ލިބެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ރައީސް މުޢިއްޒު ވަނީ އިންތިޚާބީ ނިޒާމު އޭނާއަށް އިތުރަށް ވެރިކަމުގައި ހުރެވޭ ގޮތަށް، ބަދަލު ގެނެސްފައެވެ. މިގޮތުން މުއިއްޒު މަކަރުވެރި ކަމާއި އެކު ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  1. ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްކުރެއްވުމުގެ މަސައްކަތް
  2. ރިޔާސީ އިންތިޚާބު އެއް ބުރަށް ބަދަލުކުރެއްވުމުގެ މަސައްކަތް
  3. ވޯޓަރުންގެ ރަޖިސްޓްރީ ވަގަށް ބަދަލު ކުރުމާއި، ވަގު އެތައް ހާސް ފޯމުތަކެއް ލުމުގެ މަސައްކަތް
  4. އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމަށް ގެއްލުވާލައި، އީސީ ބާރު ނިގުޅައިގަނެ، މިނިވަން މުއައްސަސާއެއްގެ ޝަރުތުތައް ގެއްލުވާލުން

މިހާރުވެސް ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް މެންބަރުން ވެއްދުމުގައި ދޮގު ފޯމުތައް ބޭނުންކުރިކަން ސާބިތުވާއިރު، އިލެކްޓްރޯނިކް ވޯޓިންގ ނިޒާމެއް ތަޢާރަފުކުރުމަކީ 2028 ގެ އިންތިޚާބުގެ ނަޒާހަތްތެރިކަން ގެއްލި، ސީދާ އިންތިޙާބު ވަގަށް ނެގުމަށް ހިންގާ ދަށު ދަރަޖައިގެ އަމަލެއް ކަމުގައި ނޫނީ ނުވާނެއެވެ.

މި ނިޒާމުގެ ސަބަބުން:

  • ވޯޓުގެ ސިއްރުކަން ގެއްލިގެން ދިއުމުގެ ބިރު
  • ސިސްޓަމަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު މުއިއްޒަށް ލިބުން
  • ވޯޓު ގަނެވުމާއި މަޖުބޫރުކުރުވުމުގެ ފުރުޞަތު އިތުރަށް ފަހިވުން
  • އިންތިޚާބުގެ ނަތީޖާ މުއިއްޒު ބޭނުން ގޮތަކަށް ބަދަލު ކޮށްލުން

އިލެކްޝަންސް ކޮމިޝަނުގެ މުސްތަޤިއްލުކަމާމެދު ސުވާލު އުފެދި، މިނިވަން ކަން ގެއްލިފައިވާ ތަނަކަށް ވެފައިވާއިރު، އީ ވޯޓިންގ ނިޒާމެއް ތަޢާރަފުކުރުމަކީ އިންތިޚާބުގެ މިނިވަންކަމަށް %100 ގެއްލުވާލައި ވަގަށް އިންތިހާބު ނެގުމެވެ. އެފަދަ ހާލަތެއްގައި ދިވެހިން، މަޑުން ތިބޭނެ ކަމަކަށް ހީކުރުމަކީ ގޯހެކެވެ.