އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ހޯމް މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.
ކީއްވެގެން؟
- ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ވަގު ފޯމުތަކެއް ތައްޔާރުކުރި ކަމަށް ތުހުމަތުކުރެވޭތީއެވެ.
- ލީކުވެފައިވާ ފޮޓޯތަކުގައި ފެންނަނީ:
- ހޯމް މިނިސްޓްރީގެ މުވައްޒަފުން ޕީއެންސީގެ ފޯމުތައް ފުރަމުންދާ މަންޒަރު
- މިނިސްޓަރު އިހުސާން އަދި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އެތަނުގައި ތިބި މަންޒަރު
- އާންމުންގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯތައް ކަފަމުންދާ މަންޒަރު
އިހުސާންގެ ބަހަކީ ކޮބާ؟
- މިނިސްޓްރީގައި ނޫން، އެހެން ތަނެއްގައި ނެގި ފޮޓޯތަކެއް ކަމަށް ވިދާޅުވި
- ރަސްމީ ގަޑީގައި ނޫން ކަމަށާއި، ސިޔާސީ މުވައްޒަފުން މަސައްކަތްކުރަމުންދިޔަ ދުވަހެއްގައި އެތަނަށް ދިޔަ ކަމަށް ވިދާޅުވި
- ޑީއެންއާރުގެ ޑޭޓާބޭސްގެ މަޢުލޫމާތު ބޭނުންކުރިކަން އެއްބަސްވި
އެމްޑީޕީގެ ޕީޖީ ގްރޫޕްގައި 12 މެންބަރުން ތިބުމުން، މި މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ ސޮއި ހަމަވާނެ
މަޖިލީހުގެ 10 މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ ވޯޓު ހުށަހެޅޭނެ
ޕީއެންސީ ތެރެއިން މިކަމަށް އެހީތެރިކަން ލިބޭނެ ކަމަށް ބެލެވޭ