ސިޔާސީ

ރައްޔިތުންގެ މައުލޫމާތުން ވައްކަން ކޮށް، ސޮއެ ފޯޖު ކޮށް ވަގު ފޯމު ލުމަށްފަހު، ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްއަށް ބްލެކްމެއިލް ކުރުމާއި، އަންހެނުންނަށް އަނިޔާ ކުރުމުގެ ކުށުގެ ރިކޯޑު އޮތް ފަރާތެއް!

ދިޔަވަރު
ރައްޔިތުންގެ މައުލޫމާތުން ވައްކަން ކޮށް، ސޮއެ ފޯޖު ކޮށް ވަގު ފޯމު ލުމަށްފަހު، ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްއަށް ބްލެކްމެއިލް ކުރުމާއި، އަންހެނުންނަށް އަނިޔާ ކުރުމުގެ ކުށުގެ ރިކޯޑު އޮތް ފަރާތެއް!

ރައްޔިތުންގެ މައުލޫމާތުން ވައްކަން ކޮށް، ސޮއެ ފޯޖު ކޮށް ވަގު ފޯމު ލުމަށްފަހު، ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްއަށް ބްލެކްމެއިލް ކުރުމާއި، އަންހެނުންނަށް އަނިޔާ ކުރުމުގެ ކުށުގެ ރިކޯޑު އޮތް ފަރާތަކަށް ދީފިއެވެ. މިއިން ސާފު ވެގެން ދަނީ، ޕާޓީ އެއްގެ ކުލަ ޕީއެންސީ އިން ކެނޑި، ގޭންގަކަށް އެ ޖަމާއަތް ބަދަލުވެފައިވާ ކަމެވެ.

ޕީއެންސީ ތެރޭގައި އެމްއެމްޕީއާރުސީ ފަދަ މައްސަލަތަކުގައި ރައްޔިތުންނަށް ފާޅުކޮށް އެނގޭ ރަތްލާޖެހި ވަގުންނާއި، ދޮގު ހަދައި ހުރިހާ ކަމެއްގައި ރައްޔިތުންނަށް އޮޅުވާލައިގެން ފައިސާ ފޭރޭ ފަރާތްތަކާއި، މާރީމާރީ އާއި ކުށުގެ ވެށިން ނުކުންނަ ފަރާތްތަކަށް އިސްކަންދީ ޕާޓީގެ އެންމެ ކުރީ ސަފަށް އައްޔަން ކުރުމާއި، ގަސްތުގައި ރައްޔިތުންނަށް ގެއްލުންވާނެ ހެން ކަންކަން ބައްޓަންކޮށް، ރައްޔިތުންނާއި މެދު އާންމު އިންސާފުން ބޭރުން ކަން ކަން ކުރުމާއި، ޤާނޫނުތައް ބަދަލުކޮށް ރައްޔިތުންނަށް ދީފައިވާ ބާރުތައް ފޭރި ގަތުމާއި، ނުހައްޤުން މުއްސަނދި ވުމާއި، އަދި ވަގުންގެ ވައްކަމަށް ހިމާޔަތް ދިނުމާއި، އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް ގޮސް ފުލުހުންގެ ފަރާތުން ލިބެން ޖެހޭ ރައްކާތެރިކަން ފުލުހުންގެ މުއައްސަސާއަށް އަތްގަދަކޮށް، ރައީސް މުއިއްޒު ނަގާފައި ވުމާއި، އިންސާފު ހޯދުމަށް ދެން ދާން އޮތް މިނިވަން މުއައްސަސާތަކަށް ވެސް މުއިއްޒު ބޭނުންވާ ގުންޑާއިން ލުމަށް ޤާނޫނު ބަދަލުކުރުމާއި، ކޯޓުތަކަށް ބިރު ދެއްކުން ފަދަ ކަންކަމުން މި ސަރުކާރެއްގެ ސިފަ ގެއްލި، ދައުލަތުގެ މައްޗަށް ވެރިވެގެން ތިބި ގޭންގެއްގެ ސިފަ ވަނީ ޖެހިފައެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް އަކަށް މުއާޒު ހަލީމް އައްޔަން ކޮށްފައިވަނީ ސީދާ މުއިއްޒުއެވެ. ރައީސް އެއްގެ ސިފަ ގެއްލި ޑޮން ހެދިގެން މުޅި ސަރުކާރަކީ މުއިއްޒުގެ ގޭންގު ލޫޓުވާ ހަޒާނާއަކަށް ހަދައިފިއެވެ. 55 ބިލިއަން ރުފިޔާ 2024 ގައި ލޫޓުވާލީ އެހެންނެވެ. އެ ފައިސާއަށް ވީ ގޮތެއް މުއިއްޒު އާއި، އޭނާގެ ގޭންގުގެ ބޮޑެތި ވަގުންނަށް ނޫނީ ނޭނގެއެވެ.

މުއިއްޒު ވެރިކަމަށް އައުމަށް ފަހު، ޕާޓީ އަށް ވައްދާފައިވާ %95 މީހުންނަކީ ސައްޙަ މީހުން ކަމަށް ނުބެލެވޭ ވަރަށް ވައްކަން ކޮށްގެން ހުރެ، ބޮޑު މުޖުރިމެއް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރާނީ، ރައްޔިތުންގެ މައުލޫމާތުން ވައްކަން ކުރުމާއި، އައިޑެންޓެޓީ ތެފްޓާއި، ސޮއެ ފޯޖު ކުރުމާއި، ފޮޓޯ އެޑިޓްކުރުމުގައި ސީދާ ގޮތުން ރައީސް މުއިއްޒުގެ އިރުޝާދު ހިމެނިފައިވާތީ ކަމުގައި ބެލެވެއެވެ.