ޚަބަރު

ޔަހޫދީ-ނާޒީ ޔޫކްރެއިން އަށް ސަޕޯޓް ކުރަން މުއިއްޒު ނިންމައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ ރުޅިއަރުވާލައިފި! މުއިއްޒުގެ ސަބަބުން އަނެއްކާވެސް އެތައް ބިލިއަނެއް ޓުއަރިޒަމުން ގެއްލިގެން ހިނގައިދާނެ!

ދިޔަވަރު
ޔަހޫދީ-ނާޒީ ޔޫކްރެއިން އަށް ސަޕޯޓް ކުރަން މުއިއްޒު ނިންމައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިޔާ ރުޅިއަރުވާލައިފި! މުއިއްޒުގެ ސަބަބުން އަނެއްކާވެސް އެތައް ބިލިއަނެއް ޓުއަރިޒަމުން ގެއްލިގެން ހިނގައިދާނެ!

މުޅި ދުނިޔޭގައި 4 ވަނައަށް އެންމެ ޔަހޫދީން ގިނަ، އަދި މިއަދުގެ ދުނިޔޭގައި ޖަރުމަނު ނާޒީންގެ އައިޑިޔޮލޮޖީ ދިރުވާ ހަމަ އެކަނި ޤައުމު ކަމުގައިވާ ޔޫކްރެއިންނަށް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރައީސް މުއިއްޒު ތާޢީދު ކުރަން ނިންމި ކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ހާމަ ކޮށްފިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ދަށުން ދެ ގައުމެއްގެ ދެމެދުގައި ހިނގަމުންދާ ބޮޑު ހަމަ ނުޖެހުމެއްގައި ވަކި ގައުމަކަށް ތާއީދުކޮށް އެ ހަމަނުޖެހުމުގެ ތެރެއަށް ރާއްޖެ ވަތް ކަމަށް ބެލެވޭ މިއީ ފުރަތަމަ ފަހަރެވެ.

އެސްޓޯނިއާ އަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީސް ރީޖިކިގޫ ގެ ރައީސް ލައުރީ ހުޒާރް އާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމާ ގުޅިގެން އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން އެކްސް ގައި ކުރި ޕޯސްޓެއްގައި "އ.ދ.ގައި ޔޫކްރެއިން އަށް ތާއީދު ކުރާ ކަމަށްޓަކައި ދިވެހިރާއްޖެ އަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވި ކަމަށް ލިޔެފައިވެއެވެ.

https://twitter.com/Riigikogu/status/1879192715214406128

އެސްޓޯނިއާ އަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައި ޔޫކްރެއިން އަށް ވަރަށް ބޮޑަށް ތާއީދު ކުރާ ގައުމެކެވެ.

އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މި ބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެސްޓޯނިއާ އާއި ދިވެހިރާއްޖެ އަކީ ވަރަށް ދުރުގައި އޮތް ދެ ޤައުމު ކަމުގައި ވިޔަސް، ކުދި ޤައުމުތަކުގެ ގޮތުން ދެ ގައުމުންވެސް ޝައުގުވެރިވާ އެއް ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެފައިވެއެވެ.

ދެ ފަރާތުން ކުރި މަޝްވަރާތައް އަމާޒުކުރެވިފައިވަނީ ސަލާމަތާއި ރައްކާތެރިކަމަށާއި، ޔޫކްރެއިން އަށް އެހީތެރިވުމަށާއި، އަދި ބައިނަލްއަޤްވާމީ ޤާނޫނު ދިފާޢުކުރުމަށް ކަމަށް އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން ރާއްޖެއަށް ރަޝިޔާއިން ފަތުރުވެރިން އައުން މަދުވެގެން ދިޔުމުގެ ބިރު އެބަ އޮތެވެ.