ޚަބަރު

ސްޓެލްކޯގެ ލީގަލް ހެޑް މުހައްމަދު ހަލީމް ޖުވާ ކުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ލީކް ވެއްޖެ

ދިޔަވަރު
ސްޓެލްކޯގެ ލީގަލް ހެޑް މުހައްމަދު ހަލީމް ޖުވާ ކުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ލީކް ވެއްޖެ

ސްޓެލްކޯގެ ލީގަލް ހެޑް މުހައްމަދު ހަލީމް ޖުވާ ކުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިޔާގައި ލީކް ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ސްރީލަންކާގެ ކެސިނޯއެއްގައި ހަލީމް ޖުވާ ކުޅޭ މަންޒަރެވެ.

ޖުވާ ކުޅުވަމީ މާތްﷲ ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެކެވެ. އެކަމުގެ މައުލޫމާތު އެނގޭ މީހަކު "ދިޔަވަރު"އަށް ކިޔައިދިންގޮތުގައި ސްރީލަންކާއަށް ގޮސް ޖުވާ ކުޅުމަކީ ހަލީމް އާންމުކޮށް ކުރާ ކަމެކެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކު ވަނީ މިކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީގެ ސަމާލުކަމަށް ގެެސްފަ އެވެ. ނަމަވެސް ހަލީމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކުށްވެރިންނާއި، ވަގުންނާއި، މިފަދަ ޖުވާ ކުޅޭ ފަރާތްތަކަށް ސިޔާސީ ބޮޑެތި މަގާމު ދެއްވާ ބޭފުޅެކެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި އެންމެ މަތިން ފެށިގެން ތިރިއަށް ތިބީ ހުސް މިފަދަ މުޑުދާރު ފަރާތްތަކެވެ. 

މި ސަރުކާރުގެ ކުންފުންޏެއްގެ ލީގަލް ހެޑް މިފަދަ ހަރާމް ކަމެއް ކުރަމުން އަންނައިރު، ސަލަފު ޖަމިއްޔާއިން ވެސް މިކަން ކުށްވެރިކޮށްފައެއްނުވެއެވެ. ސަލަފަށް ކިތަންމެ ފާހިޝް، ހަރާމް ކަމެއް މި ސަރުކާރުގެ އިސްވެރިން ކުރިއަސް އެންމެ ރަނގަޅެވެ.

ހަލީމަކީ ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނަވައިގެން ގިނަ ބައެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން އޭނާ ހުކުމް ކުރާ ކަމާއި، އެފައިސާ އިން ރާއްޖެއިން ބޭރަށް ގޮސް އަންހެން ކުދިންނަށް ޚަރަދު ކުރާ ކަމީ ޤާނޫނީ ވަކީލުންގެ މެދުގައި އާންމުކޮށް ދެކެވޭ ވާހަކައެކެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމުން ހަލީމް އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަން ފެށުމުންނެވެ.

މީނާ ވަނީ ގާޒީއަކަށް ހުރެ، ހާވީރު ނޫސް ހުއްޓާލުމަށް ހުކުން ކޮށްފައެވެ. ބޭއިންސާފުން ފައިސާ ނަގައިގެން މީނާ ކުރި މި ހުކުމުގެ ސަބަބުން އެތައް އަހަރު ތަކެއް ވަންދެން ހަވީރު ނޫހުން ލިޔެ ރިކޯޑް ކޮށްފައިވާ ރާއްޖޭގެ ފަހުގެ ތާރީޚުގެ ހުރިހާ ޚަބަރުތަކާއި، ރިޕޯޓްތަކާއި، ލިޔެ ކިޔުންތައް ގެއްލި، މުޅި ދިވެހި ޤައުމާއި، ދިވެހި ބަހަށް ދުވަހަކުވެސް އިއާދަ ނުކުރެވޭ ވަރުގެ، އަދި ދުވަހަކުވެސް މީހަކު ދީފައި ނުވާ ވަރުގެ ބޮޑު ގެއްލުމެއް މީނާ ވަނީ ދީފައެވެ.