ޚަބަރު

މީޑިޔާގެ ދާއިރާގައި އިލްމީ ޤާބިލު އެތައް ޒުވާނުންނެއްް ތިއްބާ، ބްރޯޑްކޮމް އަށް ގްރޭޑް 5 ގެ ފެންވަރުވެސް ނެތް، ގޮތެއް ފޮތެއް އަޚްލާގެއް ނެތް މުހަންމާކަލޯ އަށް ވުރެ ރަނގަޅު މީހެއް މުއިއްޒަކަށް ނުފެނުނު

ދިޔަވަރު
މީޑިޔާގެ ދާއިރާގައި އިލްމީ ޤާބިލު އެތައް ޒުވާނުންނެއްް ތިއްބާ، ބްރޯޑްކޮމް އަށް ގްރޭޑް 5 ގެ ފެންވަރުވެސް ނެތް، ގޮތެއް ފޮތެއް އަޚްލާގެއް ނެތް މުހަންމާކަލޯ އަށް ވުރެ ރަނގަޅު މީހެއް މުއިއްޒަކަށް ނުފެނުނު

މީޑިޔާގެ ދާއިރާގައި އިލްމީ ޤާބިލު އެތައް ޒުވާނުންނެއްް ތިއްބާ، ބްރޯޑްކޮމް އަށް ގްރޭޑް 6 ގެ ފެންވަރުވެސް ނެތް، ގޮތެއް ފޮތެއް އަޚްލާގެއް ނެތް މުހައްމާ އަށް ވުރެ ރަނގަޅު މީހެއް މުއިއްޒަކަށް ނުފެނުނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ކުރީގެ ކޮމިޝަނަރު އައިމިނަތު ސަރާހަތު އިއްޒަތު އާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުالله (މުހަންމާ) އައްޔަނުކުރަން މަޖިލީހުން މިއަދު ރުުހުން ދީފި އެވެ.

ބްރޯޑްކޮމްގެ ދެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފް ދައުރުގެ ހަމަވުމުންނެވެ. މި ދެ ގޮނޑިއަށް މެންބަރުން އައްޔަނުކުރަން ނެގި ވޯޓުގައި ސަރާހަތު އައްޔަނުކުރަން ފެންނަ ކަމަށް 68 ވޯޓު, އަދި މުހަންމާ އައްޔަނުކުރަން ފެންނަ ކަމަށް 58 ވޯޓު ލިބުނެވެ.

ބްރޯޑްކޮމްއަށް މުހަންމާ އައްޔަނުކުރަން ރުހުންދިނީ ދެވަނައަށް އެންމެ ގިނައިން މާކްސް ލިބުނު ޝިފްޒާ މުސްތަފާ އައްޔަނުކުރަން ނުފެންނަ ކަމަަށް 50 މެމްބަރަކު ވޯޓު ދިނުމާ ގުޅިގެންނެވެ. މުހަންމާ އަކީ މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ރިޕޯޓުގައި ތިންވަނައަށް މާކުސް ލިބިގެން، އެންމެ މަދުން މާކްސް ލިބުނު އެކަކެވެ. އެއަށްވުރެ ދަށުން މާކްސް ލިބުނީ މުއިއްޒު ގެންނަން ބޭނުންވި މުއާޒަށެވެ.

ޝިފްޒާ އަށް މަގާމް ދީފައި ނުވަނީ މުއިއްޒުގެ އަނބިކަބަލުން ސާޖިދާ ބޭނުން ވެގެންނެވެ. ޝިފްޒާ އަކީ ޤާލިބުގެ ކުރީގެ އަންހެނުންނެވެ. ޤާލިބަކީ މުއިއްޒުގެ އާއިލާގެ މީހެކެވެ. ޤާލިބު އާއި މުއިއްޒު އާއި ދުރުވެފައިވަނީ ސާޖިދާގެ ސަބަބުން ކަމަށް އޭނާ މައުލޫމާތު ދެއެވެ.

ރައީސް މުއިއްޒު ބްރޯޑްކޮމް އަށް ލުމަށް ބޭނުންވީ ކުރީގެ ޓީވީ މުއާޒު އާއި، މުހަންމާ އާއި ދެމީހުންނެވެ. މިފަދަ މީހުން މީޑިޔާ ބެލެހެއްޓުމަށް އައްޔަން ކުރުމަށް މުއިއްޒު ނިންމާފައިވަނީ އެއްވެސް، އަގެއް ނުހިފަހައްޓާ މިފަދަ މީހުން މުއިއްޒު ބުނި ގޮތަކަށް އަނިޔާވެރިކޮށް މީޑިޔާއާއި މެދު ކަންތައް ކުރުމަށް ޖެހިލުން ނުވާނެތީއެވެ.