ޚަބަރު

ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 4.5 މިލިއަން ރުފިޔާ ނެގުމަށްފަހު، އެ ލިޔެކިޔުންތައް ހުރި އިމާރާތް އަންދާލައި، އެޑިޔުކޭޝަނާއި، ހެލްތް ޑިޖިޓަލައިޒް ކުރާނެ ކަމަށް މުއިއްޒު ހާމަކޮށްފި

ދިޔަވަރު
ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 4.5 މިލިއަން ރުފިޔާ ނެގުމަށްފަހު، އެ ލިޔެކިޔުންތައް ހުރި އިމާރާތް އަންދާލައި، އެޑިޔުކޭޝަނާއި، ހެލްތް ޑިޖިޓަލައިޒް ކުރާނެ ކަމަށް މުއިއްޒު ހާމަކޮށްފި

ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި 4.5 މިލިއަން ރުފިޔާ ނެގުމަށްފަހު، އެ ލިޔެކިޔުންތައް ހުރި އިމާރާތް އަންދާލައި، އެޑިޔުކޭޝަނާއި، ހެލްތް ޑިޖިޓަލައިޒް ކުރާނެ ކަމަށް މުއިއްޒު ހާމަކޮށްފިއެވެ.

މިކަން ކުރާނެ ކަމަށް މުއިއްޒު ހާމަ ކޮށްފައިވަނީ ރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާ ދަތުރެއް އެސްޓޯނިޔާއަށް ކޮށް ވަޑައިގަތުމަށް ފަހުއެވެ.

މާލޭ މޭޔަރުގެ ގޮތުގައި ހުންނަވައި މުއިއްޒު ވަނީ ކޮރަޕްޝަންގެ ތެރެއިން މާލޭ ސިޓީ ކައުންސިލުން އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

ނަމަވެސް މި މަސައްކަތް ނުނިންމައި ސިޓީކައުންސިލްގެ ލިޔެކިޔުންތައް ހުރި އިމާރާތް 3 މިނިސްޓްރީއާއި އެކު އަނދާ އަޅިއަށް ހަދާލީ މުއިއްޒުގެ ވެރިކަމުގައެވެ. މިތަން އަންދާލާފައިވަނީ ގޯތިން ވައްކަން ކުރުމަށް މުއިއްޒު ކުރާ މަސައްލަތުގެ ތެރެއިން ކަމަށް އާންމުން ގަބޫލު ކުރެއެވެ.

އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުންގެ ގޮތުގައި ތިބީ މުއިއްޒުގެ އަރިސް ފަރާތްތަކެވެ. އޭގެ ތެރޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އާއި އަލީ ނަސީރު އާއި ހުސެއިން ސޮފްވާން ހިމެނެއެވެ.

މި މަސައްކަތަކީ ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތެއް ނަމަވެސް، އަދިވެސް މި މަސައްކަތް ނިމިފައެއް ނުވެއެވެ. މި މައްސަލައިގައި އެކިއުޓައިޒް އާއި ސިޓީ ކައުންސިލް ދެފަރާތުންވެސް އެކަކު އަނެކަކަށް އިލްޒާމު އަޅުވަމުންދެއެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުން ބުނާ ގޮތުގައި މި މަޝްރޫއުގެ ބޭނުމަކީ ވަކި ބަޔަކަށް ފައިސާ ދޫކުރުމެވެ. އެހެނީ މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް، އެއީ ސްކޭނަރ ފަދަ ތަކެތިވެސް ދިނީ ސިޓީ ކައުންސިލުންނެވެ. އެކިއުޓައިޒްގެ ފަރާތުން ބުނާ ގޮތުގައި މަސައްކަތް ނުނިމި ލަސްވަނީ ސިޓީ ކައުންސިލްގެ އިހުމާލުންނެވެ. އެއީ އެފަރާތުން ހަވާލުކުރާ މިންވަރަކަށް މެނުވީ މަސައްކަތް ނުކުރެވޭނެތީއެވެ.

މި މައްސަލަ މިހެން އޮއްވާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ތިން ހަތަރު އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޕަބްލިކް ސަރވިސްގެ ހުރިހާ ހިދުމަތްތަކަކާއި، ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާއެވެ.

ނަމަވެސް ސަރުކާރުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އާ ކަމެއް ނޫނެވެ. މިއީ ފާއިތުވި ދެ ދައުރުގައިވެސް ކުރަމުން އައި މަސައްކަތެކެވެ. ރައީސް މުއިއްޒު މި ވާހަކަ ދައްކަވާފައިވަނީ އައު ކަމެއްގެ ގޮތުގައެވެ.​​​​​​​​​​​​​​​​

ހުރިހާ ކަމެއްގައިވެސް ވައްކަމާއި ދޮގު ހެދުމާއި، ރައްޔިތުން ބިކަ ކުރުން ނޫން ކަމެއް މި ސަރުކާރުން ނުކުރެއެވެ.