ޚަބަރު

ރިސޯޓް ބޯއިސް ވޯޓްލައިގެން ގެނައި ސަރުކާރުން، ރިސޯޓްތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން، ރިސޯޓުން މުސާރައާއި ސާވިސްޗާޖް ރުފިޔާއިން ދޭންފެށުމުން އެކަން މިމީހުންނަށް ގޯސް ވެއްޖެ 

ދިޔަވަރު
ރިސޯޓް ބޯއިސް ވޯޓްލައިގެން ގެނައި ސަރުކާރުން، ރިސޯޓްތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން، ރިސޯޓުން މުސާރައާއި ސާވިސްޗާޖް ރުފިޔާއިން ދޭންފެށުމުން އެކަން މިމީހުންނަށް ގޯސް ވެއްޖެ 

ރިސޯޓް ބޯއިސް ވޯޓްލައިގެން ގެނައި ސަރުކާރުން، ރިސޯޓްތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުގެ ސަބަބުން، ރިސޯޓުން ކުރިން ޑޮލަރުން ދިން މުސާރައާއި ސާވިސްޗާޖް މިހާރު ރުފިޔާއިން ދޭންފެށުމުން އެކަން ގޯސްވެގެން ޓީމް އިން ބަޔާނެއް ނެރެފިއެވެ. 

ޓީމްސް އިން ބަޔާން ނެރެފައިވާއިރު، ރިސޯޓްތަކަށް ޑޮލަރުގެ ދަތިކަން ކުރިމަތި ވެފައިވަނީ، ރައީސް މުއިއްޒުގެ ސަބަބުންނެވެ. ޑޮލަރުން ވަކި ވަރެެއް މާރު ކުރަން މަޖުބޫރު ކުރުމުގެ ސަބަބުންނެވެ. 

ފާއިތުވި ރިޔާސީ އިންތިހާބުގައި، ގިނަ ރިސޯޓްތަކުން ވޯޓް ލާފައި ވަނީ މުއިއްޒަށެވެ. ދެވަނަ އަށް އެމްޑީޕީ ވޯޓު ލިބުނު އިރު، ދެން އެންމެ ގިނަ ވޯޓު  ލާފައިވަނީ ސީދާ މުއިއްޒުގެ ސިޔާސަތު ގެންގުޅޭ އުމަރު ނަސީރަށެވެ. ރިސޯޓު ސްޓާފުންނަށް ކަމުދަނީ ޚުދުމުހުތާރު އަނިޔާވެރި ކޮރަޕްޓް މީހުން ވެރިކަމަށް ގެނައުމަށެވެ. ރިސޯޓް ބޯއިސް އަށް އެމްޑީޕީއިން ފުއްދަދިން ވައުދުތަކާއި، ގެންގުޅުނު ސިޔާސަތު ތަކާއި، މިނިމަމް ވޭޖް ފަދަ އެއްވެސް ކަމެއް ވޯޓުލީ ދުވަހު، ރިސޯޓު މުއައްޒަފުންނަށް މުހިންމެއް ނުވިއެވެ. 

މި މީހުން ލީ ވޯޓުން މި މީހުން ހިމެނޭ ޓުއަރިޒަމް ސިނާއަތަށް ލިބޭ ގެއްލުން ތަހައްމަލް ކުރުމުގެ ޤާބިލުކަން މިމީހުންގެ ކިބާގައި ހުންނަން ޖެހެއެވެ.  މި ސިނާއަތުގައި ވަޒީފާގައި ތިބެ މުއިއްޒަށް ވޯޓުލީ މީހުން މިކަމުގެ ސަބަބުން މުޅި ސިނާއަތަށް ލިބުމުންދާ ގެއްލުމަށް މާފަށްވެސް އެދެން ޖެހެއެވެ. 

ލިބަރަލް ވިސްނުމާއި، މިނިވަން ފިކުރާއި ދެކޮޅުވެ އަޅުވެތިކަމުގެ ފިކުރަށް ރިސޯޓުތަކުގެ ބައެއް ފަރާތްތަކުން ވޯޓު ދިނީ އެއީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްކަމަށް ދެކިގެންނެވެ. ދެން ވޯޓު ދިނީ ފައިސާގައި ހިފައިގެންނެވެ. މިފަދަ ފަރާތްތަކުގެ ސަބަބުން މިއަދު ސިނާއަތަށް ގެއްލުމަކަށް ފަހު ގެއްލުމެއް ލިބެމުންދާއިރު، އެގެއްލުމަކީ އެމީހުން ލާފައިވާ ވޯޓުވެސް ގުނައިގެން ލިބުނު ގެއްލުމެކެވެ. އެގެއްލުން ޤަބޫލު ކުރާނަމަ ފުރަތަމަ މާފަށް އެދޭށެވެ. އެ ގެއްލުން ޤަބޫލު ނުކުރާ ނަމަ، މި ސަރުކާރުން ސިނާއަތަށް ދޭ ގެއްލުން ތަހައްމަލް ކޮށްލައިގެން ތިބޭށެވެ. ހުރިހާ މޮޅެއް ނުލިބޭނެއެވެ. 

ޓޫރިސްޓު ރިސޯޓް، ހޮޓާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ މުސާރަ އަދި ސާވިސްޗާޖް ދިވެހި ރުފިޔާއިން ދިނުމަށް ބައެއް ރިސޯޓް ތަކުން ނިންމަމުން ދިއުން ހުއްޓުވުމަށް، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލުމުގެ ބަދަލުގައި ސަރުކާރުން ރިސޯޓްތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއި ދެކޮޅަށް ބަޔާން ނެރެ، މަގުމައްޗަށް ނުކުންނާށެވެ. ކަމުގެ އަސްލު މައްސަލައަށް ހައްލެއް ހޯދަން މަސައްކަތެއް ނުކޮށް މިގޮތަށް ބާޔާން ނެރުމަކީ، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކެވެ. އަދި މިއީ މިމީހުންގެ ނުކެޅެދުން ތެރިކަމާއި، މި މީހުންގެ ކިބާގައި އިންތިހާއަށް ހުރި ފިނޑިކަން ހާމަވެގެންދާ ކަމެކެވެ. ސަރުކާރާއި ދެކޮޅަށް ޓީމްސްގެ ފަރާތުން ބަހެއް ބުނެލަން ވެސް ކެރޭ މީހަކު މިތާ ނެތީހެއްޔެވެ؟ މިވަރު މީހުން ވޯކާސް އެސޯސިއޭޝަންސް ހަދައިގެން ނޫޅޭށެވެ.