ސިޔާސީ

ފާއިތުވި ދެ ދައުރުގައި ދައުލަތުގެ ގިނަ ޚިދުމަތް ތަކެއް ވަނީ ޑިޖިޓަލައިޒް ކޮށްފައި، މުއިއްޒު ކުރަންޖެހޭ އާކަމެއް ނޯންނާނެ!

ދިޔަވަރު
ފާއިތުވި ދެ ދައުރުގައި ދައުލަތުގެ ގިނަ ޚިދުމަތް ތަކެއް ވަނީ ޑިޖިޓަލައިޒް ކޮށްފައި، މުއިއްޒު ކުރަންޖެހޭ އާކަމެއް ނޯންނާނެ!

ފާއިތުވި ރައީސް ޔާމީން އަދި ރައީސް ސޯލިހުގެ ދައުރުގައި ދައުލަތުގެ ގިނަ ޚިދުމަތް ތަކެއް ވަނީ ޑިޖިޓަލައިޒް ކޮށްފައެވެ. އެހެންކަމުން މުއިއްޒު ކުރަންޖެހޭ އާކަމެއް ނޯންނާނެއެވެ. މޭޔަރު ކަމުގައި ހުރެ، ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސީޓި ކައުންސިލް ބަޖެޓުން 4.5 މިލިއަން ރުފިޔާ ކާލުމަށް ފަހު، އެކަން ނުކޮށް، ސިޓީ ކައުންސިލްގެ ލިޔެ ކިޔުންތައް ހުރި އިމާރާތް 3 މިނިސްޓްރީއާއި އެކު އަނދާ އަޅިއަށް ހަދާލީ މީނާ ވެރިކަމަށް އައުމަށްފަހު އެވެ.

ޑިޖިޓަލައިޒޭޝަންގެ މަސައްކަތުގެ ތެރެއިން 2023 ޖުލައި މަހު ތަޢާރަފުކުރެވުނު "ވަންގަވް" ޕްލެޓްފޯމްއިން ގިނަ ކަންތައްތަކެއް އޮންލައިން ކޮށްފައިވެއެވެ. މިއީ ރައްޔިތުންނަށް ސަރުކާރުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އެކުލަވާލެވުނު ނިޒާމެކެވެ. މި ނިޒާމުގައި ފުރަތަމަ ހިމެނުނީ މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް މީޑިއާ ކައުންސިލް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއެވެ. މީގެ އިތުރުން، އިތުރު މުއައްސަސާތަކެއް މިހާރު ވަނީ މި ނިޒާމާ ގުޅިފައެވެ. މީގެތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، މޯލްޑިވްސް ހައިޑްރޮގްރަފިކް ސަރވިސް، އަދި ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.

މަތީގައި ބަޔާން ކުރެވުނު ސިންގަލް ވިންޑޯ އިން ޑިޖިޓަލްކޮށް ޚިދުމަތްތައް ހޯދުމަށް މިދިޔަ ސަރުކާރުން ފަހި ކުރި މަސައްކަތްތަކުގެ އިތުރުންވެސް ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ފާއިތުވި ދެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެ މަސައްކަތުގެ ތެރޭގައި، ކަސްޓަމް ޚިދުމަތްތައް ވަނީ %99 އޮންލައިންކޮށްފައެވެ. މީރާގެ ޚިދުމަތްތައް ވަނީ ޑިޖިޓަލައިޒް ކޮށްފައެވެ. ޕީޖީގެ ޚިދުމަތްތައްވެސް ވަނީ %99 ޑިޖިޓަލައިޒް ކޮށްފައެވެ. ޓްރާންސްޕޯޓްގެ ހުރިހާ ޚިދުމަތެއްވެސް ސިމް-ޕޯޓަލްގެ ތެރެއިން ވަނީ ޑިޖިޓަލައިޒް ކޮށްފައެވެ.

ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް މުއިއްޒު ދައްކަވާ ވާހަކަތަކަކީވެސް އައު ވާހަކަތަކެއް ނޫނެވެ. މިހާރުވެސް ދިވެހިރާއްޖޭގައި ދެވަނަ އައިސީޓީ އިން އެޑިޔުކޭޝަން މާސްޓަރ ޕްލޭން (2021-2024) ދަނީ ތަންފީޒުކުރެވެމުންނެވެ. މި ޕްލޭންގައި ޑިޖިޓަލް ލަރނިންގ، މުދައްރިސުންގެ ތަމްރީން، އަދި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުން ހިމެނެއެވެ. އަދި މި މަސައްކަތުގައި ޔުނެސްކޯގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.

މީގެ އިތުރުން އިމިގްރޭޝަން އަށް އިމުގަ ޕޯޓަލް ހަދައި ބޭރު ޤައުމުތަކުގައި ތިބޭ ދިވެހިންނަށް އެމްބަސީތަކަށް ނުގޮސް ޕާސްޕޯޓް ޚިދުމަތް ލިބޭގޮތް ހަދައި، ހައުސިންގ މިނިސްޓްރީ އަށް މުއިއްޒުގެ ހައުސިންގ މިނިސްޓަރު ކަމުގެ ދަށުން އަވީގައި ކިޔުޖައްސައިގެން ފްލެޓް ފޯމު ހުށައެޅިއެޅުން ނިމުމަމަކަށް ގެނެސް، އެތަން ޑިޖިޓަލައިޒް ކޮށް، ފޯމަށް ޑިޖިޓަލްކޮށް މާކްސް ދެވޭ ގޮތް ހެދީ ވެސް މިދިޔަ ދައުރުގައެވެ. ނަމަވެސް ފްލެޓާއި ގޯތިން ވައްކަން ކުރުމަށް، މުއިއްޒު ވަނީ ހައުސިންގ ޕޯޓަލްގައި ހުރި، އޮޓޯ އިން މާކްސް ދިނުމުގެ ނިޒާމު މިހާރު ނައްތާލާފައެވެ. ނަމަވެސް، ޑިޖިޓަލައިޒް ކުރާނަމޭ ބުނެ އަނގަ ތަންމިނަށް ހުޅުވަން މީނާ ލަދެއްވެސް ނުގަނެއެވެ.

ޑިޖިޓަލައިޒް ކުރުމުގައި ދިވެހިރާއްޖެ މިދެކޭ ތަރައްޤީގެ އެއްވެސް ހިއްސާއެއްގައި މުއިއްޒުގެ ބައިވެރިވުމެއް ނުވެއެވެ. ކުރީ ދެ ސަރުކާރުގެ ރާއްޖެ ޑިޖިޓަލައިޒް ކޮށްފައިވާއިރު، ކަންދެއްކުމަށް އެސްޓޯނިޔާއަށް އެއިން ވެރިއަކު މޮޔަވެގެން ދަތުރެއް ނުކުރެއެވެ. ކަންކަން ހާސިލް ކުރީ އަމަލުންނެވެ. އައިޓީ ދާއިރާގެ ހުރިހާ ބާރުތަކެއް ހޯމް މިނިސްޓަރ (މަޝްހޫރު ނަމުން އައްޕަތުރޭ) ނަގައި ރައްޔިތުންގެ ޑިޖިޓަލް މައުލޫމާތުން ވައްކަން ކުރުން ފިޔަވާ މުއިއްޒު ކުރި ކަމެއް ހަރާމެވެ. ކުރެވޭހާވެސް ކަމަކީ ކޮންމެ ކަމެއްގައި ވައްކަން ކުރުމާއި ދޮގު ހެދުމެވެ.