ރޯދައަށް މަސްދަޅު ދިނުމަށް އުފައްދާ މަސްދަޅުތަކުން ކޮންމެ ދަޅަކުން 40 ގްރާމް މަސް އުނިކޮށްފި ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.
އާންމުކޮށް ގަންނަ މަސްދަޅުތަކަށް ވުރެ މަދުން މަސް އަޅައިގެން މަސްދަޅުތައް އުފައްދަން ނިންމާފައިވަނީ، މިފްކޯއިން އަގު ބޮޑުކޮށް އާންމުކޮށް އުފައްދާ މަސްދަޅު ދިވެހިންނަށް ދިނުމަކީ މުހިންމު ކަމެއް ނޫންކަމަށާއި، ތަކެތީގެ އަގު ބޮޑުވާއިރު، މަސް ކޭސް ދިނުމުން ދެން ރައްޔިތުން އެހެން ކަމަކާއި ޝަކުވާ ކުރަން ނުކެރޭނެ ކަމަށް ރައީސް އޮފީހުގައި މަޝްވަރާ ކުރުމަށް ފަހުގައެވެ.

40 ގްރާމް މަދު ކޮންމެ މަސްދަޅަކީ ރައްޔިތުންގެ ބޮލަށް ޖަހާ ޗިޕެކެވެ. އަދި މިގޮތަށް ގްރާމް މަދުކޮށް މަސްދަޅުތައް އުފައްދައި ބާޒާރަށް ނެރެ، 15ރ އަށް ހަދައި މިހާރު މަސް ދަޅުގެ އަގު ހެޔޮ ކުރީ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ތާރީޚުގައި ކާބޯތަކެޓީގެ އަދި އާންމު ބޭނުން ތަކަށް ބޭނުން ކުރާ ތަކެތީގެ އަގު ދުވަހަކުވެސް ނުދާހާ މައްޗަށް މުއިއްޒުގެ ވެރިކަމުގައި ވަނީ ގޮސްފައެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުން ތިބީ ދަތި ހާލުގައެވެ.