ޚަބަރު

މި ސަރުކާރު އައި ފަހުން ހުޅުމާލެއިން ފެނާއި ކަރަންޓް ކެނޑުން އާންމުވެއްޖެ

ދިޔަވަރު
މި ސަރުކާރު އައި ފަހުން ހުޅުމާލެއިން ފެނާއި ކަރަންޓް ކެނޑުން އާންމުވެއްޖެ

މި ސަރުކާރު އައި ފަހުން ހުޅުމާލެއިން ފެނާއި ކަރަންޓް ކެނޑުން އާންމުވާން ފަށައިފިއެވެ. ހަސަން ކުރުސީ ދާދި ދެންމެއަކު ހާމަ ކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ބޮޑު ބައެއްގައި ފެނާއި ކަރަންޓެއް މިވަގުތު ނެތެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭވެސް ވެގެން ދިޔައީ ހުޅުމާލެ ރައްޔިތުން ފެނަށް ޖެހިފައި ތިބި ރެއަކަށެވެ.

މިފަދަ ވަގުތު ތަކުގައި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްއީ ގެ ހޮޓްލައިން ނިއްވާލައި، ކަސްޓަމާ ސަވިސް ނަމްބަރުން ފޯނެއް ނުނަގައެވެ.

ކަރަންޓު ކެނޑޭކަމެއް ނުވަތަ ފެން ކެނޑޭކަމެއް ކުރިއާލައި އާންމުކޮށް ނާންގާއިރު، ތަކެތީގެ އަގު ބޮޑުވެ ނިކަމެތި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ އިތުރު ތަކްލީފު ތަކުގެ ސަބަބުން އިތުރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުންވެސް ކަރަންޓު ކެނޑި، އައްޑޫ ފަދަ ތަންތަން ކަނު އަނދިރީގައި ތިބެންޖެހިފައިވަނީ ސަރުކާރުގެ ނާގާބިލު ކަމުންނެވެ.

މިކަންކަމުން ސަލާމަތްވުމަށް ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލު ކުރުމަށް ވީހާވެސް އަވަހަކަށް މަސައްކަތްތަކެއް ކުރުމަށް ރައްޔިތުން ވަނީ އިންތިހާއަށް ބޭނުންވެފައެވެ.