ޚަބަރު

40 ގްރާމް މަދުން މަސްދަޅު ދޭ ވާހަކަ މި ނޫހުން، ލީކް ކޮށްލުމުން، ގްރާމް ހަމަ މަސްދަޅު ދޭން ސަރުކާރުން ނިންމައިފި! އެއްވެސް ކަމެއް މީސް މީޑިޔާއަށް ނޫނީ މަގުމައްޗަށް ނުނިކުމެ މިސަރުކާރުން ނުކޮށްދޭ!

ދިޔަވަރު
40 ގްރާމް މަދުން މަސްދަޅު ދޭ ވާހަކަ މި ނޫހުން، ލީކް ކޮށްލުމުން، ގްރާމް ހަމަ މަސްދަޅު ދޭން ސަރުކާރުން ނިންމައިފި! އެއްވެސް ކަމެއް މީސް މީޑިޔާއަށް ނޫނީ މަގުމައްޗަށް ނުނިކުމެ މިސަރުކާރުން ނުކޮށްދޭ!

40 ގްރާމް މަދުން މަސް ދަޅު ދޭ ވާހަކަ ލީކް ކޮށްލުމުން، އާންމުންގެ ޝަކުވާ އާއި ގުޅިގެން ގްރާމް ހަމަ މަސްދަޅު ދޭން ސަރުކާރުން ނިންމައިފިއެވެ.

މިފްކޯ އިން ކޮށްފައިވާ ޓްވީޓްގައި ވަނީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ރޯދަޔަށް ގޭ ބިސީތަކަށް ހިލޭ ބަހާ މަސްދަޅުތަކުން، 40 ގްރާމް އުންޏެއް ނުވާނެ ކަމަށެވެ. އަދި ފަތުރަމުންދަނީ ދޮގެއް ކަމުގައި މިފްކޯއިން ބުނެފައިވެއެވެ.

މިފްކޯއިން މިހެން ހާމަ ކޮށްފައިވީނަމަވެސް، 40 ގްރާމް މަދުން މަސް އުފައްދާފައިވަނީ ރައްޔިތުން ބަހަންވެގެން އުފެއްދި މަސްދަޅުތަކެވެ. މިދަޅުތައް އަގުހެޔޮ ކުރުމަށް ބަންދުކޮށްފައިވަނީވެސް ފަސޭގައިން ހުޅުވުމަށް މަސްދަޅުގައި އިންނަ ބައިވެސް އުނިކޮށްފައެވެ. ނަމަވެސް ބެހުމުގެ ކުރިން، މިކަން ފަޅާ އެރުމުން ސަރުކާރުން މިކަމުގައި ދޮގު ހަދައި ހަޤީގަތް ވަނީ ރައްޔިތުންނަށް އޮޅުވާލާފައެވެ. 40 ގްރާމް ވިއްކަން އުޅުނު ކަމަކަށް ވެސް ނުހެދުނެވެ.

ހުރިހާ ކަމެއްގައި ދޮގަކަށް ފަހު ދޮގެއްމަތީ އޮންނަ ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއް ނެތެވެ.