ޓުއަރިޒަމް މިނިސްޓަރގެ ޕާސްޕޯޓް ހިފަހައްޓައި، ގެ ބަލައި ފާސް ކުރުމުގެ އަމުރެއް ލިބޭތޯ މިނިސްޓަރު އިހްސާން ފަށައިފިއެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިހްސާން މި މަސައްކަތް ކުރަމުން ދަނީ ޓުއަރިޒަމް މިނިސްޓަރ، އަބްދުއްރަހީމްގެ ދަރި ފައިސަލް އާއި ގުޅޭ ފޭކް އިންޓެލް ރިޕޯޓެއް ހަދައިގެންނެވެ.
ފޭކް އިންޓެލް ރިޕޯޓްގައި ޓުއަރިޒަމް މިނިސްޓަރ ފައިސަލް އާއި ގުޅޭ ގިނަ ތުހުމަތު ތަކެއް ވަނީ ކޮށްފައެވެ.
ފޭކް އިންޓެލް ރިޕޯޓެއް ހަދައި، ޓުއަރިޒަމް މިނިސްޓަރަށް ސަމާލުކަން އަނބުރާލުމަށް އިހްސާން މަސައްކަތް ކުރަމުން ދަނީ، ޑީއެންއާރު ޑޭޓާބޭސް އިން ވައްކަން ކުރުމަށް ފަހު، އެކަން އާންމުންނަށް އެނގި އޭނާގެ ނޯކޮންފިޑެންސް ވޯޓު ނެގުމަށް މަޖިލީހަށް އެމްޑީޕީއިން ހުށައަޅާފައި ވަނިކޮށެވެ.
އިހްސާން އާއި ފައިސަލް އާއި ދެމެދު އޮތް ޒާތީ މައްސަލައަކަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް، ޓުއަރިޒަމް މިނިސްޓަރ ފައިސަލް ދުއްވާލަން އުޅެނީ މުއިއްޒު އާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ބެލެވެއެވެ.
ބޭނުމަކީ ސިޔާސީ ބާރުވެރިކަން ގެއްލުވާލާއިރު، ސިޔާސީ ގޮތުން ތެދު ނުވެވޭ ވަރަށް އެކި ތުހުމަތުތައް އަޅުވައި ގަންބާލުން ކަމަށް ބެލެވެއެވެ.
ތަފްސީލް އަންނަނީ: