މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަން ދައްކަމުން ފެނަކަ ޑީއެމްޑީ ރުކުމާގެ މާލާމާތުގެ ފޮޓޯއެއް ރައީސް މުއިއްޒަށް އަމާޒުކޮށް އެކްސް ގައި ޕޯސްޓު ކޮށްފިއެވެ.
ރައީސް މުއިއްޒަށް ކެމްޕެއިން ކުރުމަށް ފެނަކައިގެ ބަޖެޓުން ޚަރަދުކޮށް، ފެނަކައިގެ ޓީމުތައް ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން، ރ. އަނގޮޅިތީމުގައި ރައީސް ސޯލިހް ސަރުކާރުން ފަށައި، މުއިއްޒުގެ ސަރުކާރުން މަސައްކަތް ހުއްޓާލާފައިވާ އިންޖީނުގޭގެ ފޮޓޯއެއް ޕޯސްޓް ކޮށްގެންނެވެ.
މި ފޮޓޯގައި ރައީސް މުއިއްޒަށް ނިސްބަތްކޮށް، ރުކުމާ މަލާމާތަށް ޖައްސަވާފައިވަނީ "ރ. އަނގޮޅިތީމުގައި އަލަށް އިމާރާތްކުރަން ފަށާ ހުއްޓިފައިވާ އިންޖީނުގެ ބަލާލުން" ކަމަށެވެ.
މި ފޮޓޯއިން ރުކުމާ ރައީސް މުއިއްޒުގެ ނާގާބިލުކަން އޭނާގެ ފޯނުގެ ކެމެރާގެ ފްރޭމަށް ސެޓްކޮށް ނަގާ މަންޒަރު ވެސް ފެނެއެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އޮތީ ހުއްޓިފައިވާ ޕްރޮޖެކްޓްތަކާއި، އިސްރާފަށް ވާވަރަށް ވަޒީފާ ދީފައިވާ ފަރާތްތަކެވެ. ނަމަވެސް މަދު ރަށެއްގައި ނޫނީ ފެނަކައިން ރަނގަޅު ޚިދުމަތެއް ނުދެވޭ އިރު، ގިނަ ފަރާތްތައް ވަޒީފާއަށް ނުކުންނަނީ ވައިބަރ ގްރޫޕްތަކުގައި "ޕްރެޒެންޓް" ޖަހާލައިގެން އެކަންޏެވެ. އެއްވެސް އޮފީހަކަށް ނުދެއެވެ.
ފެނަކަ ހިންގުމުގައި ހުރި ގޮންޖެހުންތަކަކީ މުއިއްޒުގެ އެއްބާރުލުން ނުލިބިގެން، ހައްލު ނުކުރެވިފައިވާ މައްސަލަތަކެއް ކަމަށް، ކުރީގެ ފެނަކަ އެމްޑީ މުއާޒު ވެސް ވަނީ ރައީސް މުއިއްޒުގެ ނާގާބިލް ކަން ހާމަ ކުރަމުން އޭނާގެ އިސްތިއުފާގެ ސިޓީގައި ލިޔެފައެވެ.