ޚަބަރު

މުއިއްޒުގެ ސަރުކާރު އައުމާއި އެކު ހުއްޓާލާފައިވާ، ފީއަލީގެ ރަށް ހިއްކުމުގެ މަޝްރޫއު "ކުރިއަށް ދާ" މިންވަރު ބަލާލުމަށް އެމްޓީސީސީ އިން އެރަށަށް ވަޑައިގެންފި

ދިޔަވަރު
މުއިއްޒުގެ ސަރުކާރު އައުމާއި އެކު ހުއްޓާލާފައިވާ، ފީއަލީގެ ރަށް ހިއްކުމުގެ މަޝްރޫއު "ކުރިއަށް ދާ" މިންވަރު ބަލާލުމަށް އެމްޓީސީސީ އިން އެރަށަށް ވަޑައިގެންފި

މުއިއްޒުގެ ސަރުކާރު އައުމާއި އެކު ހުއްޓާލާފައިވާ، ފީއަލީގެ ރަށް ހިއްކުމުގެ މަޝްރޫއު "ކުރިއަށް ދާ" މިންވަރު ބަލާލުމަށް އެމްޓީސީސީ އިން އެރަށަށް ވަޑައިގެންފިއެވެ.

އެމްޓީސީސީ އިން ސޯޝަލް މީޑިޔާ އެކްސްގައި ޕޯސްޓް ކޮށްފައި ވަނީ;

އަޅުގަނޑުމެންގެ ޑެޕިއުޓީ އެމްޑީ، އަލްފާޟިލް މުޙައްމަދު ޖަމްޝީދު އަދި ޓީމުން ފީއަލީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަނީ

ކަމަށެވެ.

ސަރުކާރުގެ ކުންފިނިތަކުން ރައީސް މުއިއްޒަށް ކެމްޕެއިން ކުރުމަށް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ކުރަމުންދާ މި ދަތުރު ތަކުގައި، ފީއަލީ އަށް ދަތުރު ކޮށްފައިވަނީ، އެމްޓީސީސީއިންނެވެ. މި ކެމްޕެއިން ދަތުރުތައް ކުރަމުންދަނީ ކުންފުނީގެ ބަޖެޓުން މުއިއްޒު ޕްރޮމޯޓް ކުރުމަށް މުއިއްޒު އަންގައިގެންނެވެ.

ފީއަލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މި ސަރުކާރުން ހުއްޓާލުމަށް ފަހު، އެ ރަށުގައި ބިންހިއްކުމަށް ރައީސް ސޯލިހުގެ ސަރުކާރުން ގެނެސްފައިވާ ތަކެތި ވަނީ ގެންގޮސްފައެވެ.

ޕްރޮޖެކްޓް ހުއްޓާލައި، ޕްރޮޖެކްޓަށް ގެނައި ތަކެތިވެސް ގެންދިޔުމަށް ފަހު، ޕްރޮޖެކްޓް "ކުރިއަށް ދާ ވަރު" ބަލާލުމަށް އެމްޓީސީސީއިން އެރަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުންނަށްވެސް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ.

https://twitter.com/shaihanzareer/status/1883038358341063095?

ސޯޝަލް މީޑިޔާގައި ޝައިހާން ކިޔާ ފަރާތަކުން ވަނީ އެމްޓީސީސީގެ މި ޓްވީޓަށް ރައްދު ދެއްވައި ވެރިކަން ބަދަލުވި ފަހުން މަސައްކަތުން އެންމެ ތަންކޮޅެއްވެސް ކުރިއަށް ނުދާކަން ހާމަ ކޮށްފައެވެ.