އަނެއްކާވެސް މުއިއްޒު އަންގައިގެން މީޑިޔާއާއި ސޯޝަލްމީޑިޔާ މިނިވަންކަން ފޭރިގަތުމަށް މަޖިލީހަށް ބިލެއް ހުށައެޅުމަށް ޖަންގިޔާ ނާޒިމް ނިންމައިފިއެވެ. މިކަން ކުރަނީ އިންޓަނެޓާއި މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މުއިއްޒު އެކުލަވާލާ ބިލެއް މަޖިލީހަށް ހުށަހެޅައިގެންނެވެ. މި މަސައްކަތް ކުރިއަށްދާ ކަމަށް ޕީއެންސީގެ މަޖިލިސް ނައިބު ރައީސް މަޝްހޫރު ޖަންގިޔާ ނާޒިމް ހާމަކުރެއެވެ.
"ސަން މީޑިއާ" އާ ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ބިލުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައި ކަމަށެވެ. އަދި މީޑިއާތަކުގެ އެއްބާރުލުން ލިބޭނެ ގޮތަށް މި ބިލު ފަރުމާކުރެވިގެންދާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ މީޑިޔާގެ މިނިވަންކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ސަރުކާރުން މީޑިޔާއަށް ކުރިމަތި ކުރުވާ ނުފޫޒެވެ. ރާއްޖޭގެ ގިނަ މީޑިޔާތައް ކޮންޓްރޯލް ކުރަނީ ރައީސް އޮފީހުންނެވެ. ބައެއް ނޫސްތައް ލިޔެ ޙަބަރުތައް އަރުވަނީވެސް ރައީސް އޮފީސްތެރޭގައި މުއިއްޒު ބޭނުންވާ ގޮތަށެވެ.
ކޮންޓްރޯލް ނުކުރެވިގެން އުޅޭނީ، އަދަދު ނޫހާއި، ޗެނަލް 13 އާއި، ދިޔަވަރު އޮންލައިން އެކަންޏެވެ. މި ހުރިހާ ބިލެއް ހަދަމުން ދަނީ އެކަމަށެވެ.
އޭގެ އިތުރުން ހަސަން ކުރުސީގެ ފަރާތުން މުއިއްޒު އާއި، ޖަންގިޔާ ނާޒިމް މެންފަދަ ފަރާތްތަކުގެ ވައްކަން ހާމަ ކުރަމުންދާތީ އެކަމާއި ކަންބޮޑުވެ، ސޯޝަލް މީޑިޔާ ބޭން ކުރަން މިފަހުން މަސައްކަތް ފެށިއެވެ. މި ބިލަކީ ޓިކްޓޮކް އާއި، ޓްވިޓަރ އަދި އިންސްޓަރގްރާމް ބްލޮކް ކުރުމަށް މުއިއްޒު ހުށައަޅަށް ނިންމި ބިލެވެ. ނަމަވެސް އެކަމާއި ގުޅިގެން ފާޑު ކިޔުން އިތުރު ވުމުން، ބްލޮކް ނުކުރާނެ ކަމަށް މިހާރު ވަނީ ބުނެފައެވެ.
މި ބިލަށް މިހާރު ގެންނަ ބަދަލުތަކަކީ އެއީއެވެ.
"މީޑިއާ ވެސް އެބަޖެހޭ ޒިންމާދާރުވާން. މީޑިއާއިން ބުނަނީ އަމިއްލައަށް ރެގިއުލޭޓް ކުރެވޭނެ ކަމަށް. އެކަމަކު އެކަން ވެފައެއް ނެތް. އަދި ވާނެކަމުގެ އުއްމީދެއްވެސް ނެތް." ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް ނާޒިމް ކަންބޮޑުވެގެން އުޅޭނީ މިނިވަން މީޑިޔާ ތައް ދެކެއެވެ. ރާއްޖޭގެ ކުންފުނިތަކަށް ގުޅައި، އެ ކުންފުނިތަކުގެ ހިއްސާ އޭނާއަށް ދިނުމަށް ނުވަތަ އޭނާ ބުނާ މީހަކަށް ދިނުމަށް އެތައް ސަތޭކަ ކުންފުންޏަކަށް ގުޅަމުންދާ ރާއްޖެއަށް ނަން މަޝްހޫރު ފަރާތަކުން މީޑިޔާ ކޮންޓްރޯލް ނުވެވިގެން ބިލެއް ލުމަށް މަސައްކަތް ކުރުމަކީ ހައިރާންވާވީ ވަރުގެ ކަމެއް ނޫނެވެ.
އިންޓަވިއުގައި ނާޒިމް ހާމަކުރީ، މި އައު ބިލުގެ ދަށުން ޓުވިޓާ (އެކްސް)، އިންސްޓަގްރާމް، ޓެލެގްރާމް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައްވެސް ރާއްޖޭގައި ރެގިއުލޭޓްކުރެވިގެންދާނެ ކަމަށެވެ.
ސަރުކާރާއި ދެކޮޅަށް ޓްވީޓް ކޮށް ޕޯސްޓް ކުރާ ކޮންމެ ފަރާތެއް ހިފާ ހައްޔަރުކޮށް ހުރަގެއަށް ލުމަށް ރައީސް މުއިއްޒު ދަނީ ތައްޔާރު ވަމުންނެވެ.
ސަރުކާރުގެ މި ބިލާއި މެދު ނޫސްތަކުން ދެކޮޅަށް ނުކުންނާނެއެވެ. ނަމަވެސް އެ ނޫސްވެރިންނަށް ރިޝްވަތު ދިނުމަށް، ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ އިން ދެބައިކުޅަ އެއްބައި މުއިއްޒު ވަނީ ބަޖެޓް ކޮށްފައެވެ.