ޚަބަރު

މަރުވެފައި ތިބި އެތައް ބަޔަކު ވެސް ޕީއެންސީ އަށް ވައްދައިފި

ދިޔަވަރު
މަރުވެފައި ތިބި އެތައް ބަޔަކު ވެސް ޕީއެންސީ އަށް ވައްދައިފި

ފުލުހުންނާއި، ސިފައިންގެ އިތުރުން، މަރުވެފައިވާ ފަރާތްތަކެއްވެސް ޕީއެންސީ އަށް ވެއްދުމަށް ފޯމު ފޮނުވާފައިވާ ކަން ދިޔަވަރު ނޫހަށް އިލެކްޝަން ކޮމިޝަންގެ ތެރެއިން މައުލޫމާތު ލިބިއްޖެއެވެ.

40،000 ވުރެ ގިނަ ފޭކް ވަގު ފޯމުލައިގެން، ފުވާދު ތައުފީގު އާއި އޭނާގެ ޓީމުން ވަނީ ޕީއެންސީ އަށް މީހުން އިތުރު ކޮށްދީފައެވެ. ޑިމޮކްރެޓްސް އުފައްދާފައި ވަނި ވެސް ހަމަ މި ގޮތަށް ފޭކް ފޯމުތައް ލައިގެންނެވެ. އަދި އެ ފޯމުތަކުގެ ސައްޙަ ކަމުގެ މައްސަލަ އާންމުން ހާމަ ކުރުމުން އެކަން ނުބަލައި، ފޯމުތައް ޗެކް ނުކޮށް، ޑިމޮކްރެޓްސް އުފައްދާފައިވަނީ އޭރު އެމްޑީޕީ ބައިބައި ކުރުމަށް ޕީއެންސީ ކެންޑިޑޭޓް މުއިއްޒު އާއި، ރައީސް ނަޝީދުގެ އެދުމުގެ މަތިންނެވެ.

މުއިއްޒު ވެރިކަމަށް އައުމުގެ ކުރިން މުއިއްޒު ވަނީ، ފުވާދު ތައުފީގަށް އެމްބަސަޑަރުކަން ދޭނެ ކަމުގެ ވައުދުވެފައެވެ. މި ވައުދުވެފައިވަނީ އޭރު ޑިމޮކްރެޓްސް އުފެއްދުމަށް ވެއްދި ފޭކް ފޯމްތަކާއި އެކުއެވެ. އެފަހުން ފުވާދު ވަނީ ޑީއެންއާރުގެ ޑޭޓާބޭސް އިން ވައްކަންކޮށްގެން މުއިއްޒު ހުށައެޅި ފޯމުތައް ބަލައިގެންފައެވެ.

އޭގެ އިތުރުން ރައީސް މުއިއްޒުގެ އާއިލާގެ ބޭފުޅުންތަކަކާއި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ އިސް ބައެއް ބޭފުޅުން ހިމެނޭހެން އެ ޕާޓީގެ ވެސް އެތައް ބަޔަކު ޕީއެންސީއަށް ވައްދާފައިވާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ޕީއެންއެފްގެ މެންބަރުންތަކެއް ޕީއެންސީއަށް ވެއްދުމާއެކު ޕީއެންއެފްގެ އާންމު މެންބަރުންގެ އަދަދު ވަނީ 3000 އަށް ވުރެ ދަށްވެފަ އެވެ.

މި ހުރިހާ މައްސަލައެއް ފެންމަތިވުމުން، އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޕާޓީތަކުގެ ދަފުތަރު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ މައި އިލެކްޝަން ޕޯޓަލް ނުވަތަ ޝަކުވާ ޕޯޓަލް މެދުވެރިކޮށެވެ.

އިއުލާނުކޮށްފައިވާ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ ފެބުރުވަރީ 10 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.