ޚަބަރު

ޓިކްޓޮކް، ޓްވިޓަރ ބްލޮކް ކުރުމުގެ ބަދަލުގައި، މުއިއްޒާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި އަޑު އުފުލާނަމަ ދިގު މުއްދަތަށް ޖަލަށް ލުމަށް ބިލަށް ބަދަލު ގެނެސްފި 

ދިޔަވަރު
ޓިކްޓޮކް، ޓްވިޓަރ ބްލޮކް ކުރުމުގެ ބަދަލުގައި، މުއިއްޒާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި އަޑު އުފުލާނަމަ ދިގު މުއްދަތަށް ޖަލަށް ލުމަށް ބިލަށް ބަދަލު ގެނެސްފި 

ޓިކްޓޮކް، ޓްވިޓަރ ބްލޮކް ކުރުމުގެ ބަދަލުގައި، މުއިއްޒާއި ދެކޮޅަށް ސޯޝަލް މީޑިޔާގައި އަޑު އުފުލާނަމަ ދިގު މުއްދަތަށް ޖަލަށް ލުމަށް ބިލަށް ބަދަލު ގެނެސްފި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ޓިކްޓޮކް، ޓްވިޓަރ ބްލޮކް ކުރުން ހުއްޓާލީ އެކަމަށް އޭޖީ އޮފީހުން މުއިއްޒަށް އެއްބާރުލުން ނުލިބިގެންނެވެ. އަދި އޭގެ ބަދަލުގައި އޭޖީއިން މުއިއްޒަށް އެއްބާރުލުން ދިނީ ޓިކްޓޮކް ޓްވިޓަރ ގައި މުއިއްޒާއި ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތައް ހައްޔަރު ކުރުމަށެވެ. ޓިކްޓޮކް، ޓްވިޓަރ ބްލޮކް ކުރުމަށް ބާރުއެޅީ ރައީސްގެ އަނބިކަބަލުން ސާޖިދާއެވެ.

"މީޑިޔާ އަދި ސޮޝަލް މީޑިޔާ" ރެގިޔުލޭޓް ކުރާ މި ބިލުގެ މަސައްކަތް ކުރިއަށް ދާކަން "ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނާއިބް ރައީސް ޖަންގިޔާ ނާޒިމް ވަނީ ކަށަވަރު ކޮށްދީފައެވެ. މި ބިލް ޑްރާފްޓް ކުރަމުން ދަނީ، ސީދާ ސަރުކާރުން އެޓާރނީ ޖެނެރަލް އުޝާމް އެވެ. މީޑިޔާ އާއި ދެކޮޅަށް އެންމެ ފަހުން ވެއްދި ބިލަކީވެސް އުޝާމް ޑްރާފްޓް ކޮށްފައި، މުއިއްޒު ވެއްދި ބިލެކެވެ.

"ޓުވިޓަރާއި، އިންސްޓަގްރާމާއި، ޓިކްޓޮކާއި މިހެން ގޮސް މި އެއްޗެހިތައްވެސް ރެގިއުލޭޓުކުރެވެންޖެހޭ. މިހާރު ޓިކްޓޮކް އެމެރިކާގަ ބަންދުކުރާ ހިސާބަށް ވެސް އެދަނީ ހަމަ ސަބަބެއް އޮވެގެން ދެއްތޯ،" ނާޒިމް ވިދާޅުވި އެވެ.

އެމެރިކާގައި ޓިކްޓޮކް މަނާ ކޮށްފައިވަނީ ފަލަސްތީނުގައި އިޒްރޭލުން ކުރިއަށް ގެންދިޔަ ގަތުލު އާންމު މައުލޫމާތު ސެންސަރ ނުކުރެވޭތީއެވެ. ބްލޮކް ކޮށް، ފަހުން ޓިކްޓޮކް ހުޅުވާފައިވަނީ އެމެރިކާއިން ބޭނުންވާ ގޮތަށް ޓިކްޓޮކްގެ ހިއްސާ އެމެރިކާއަށް ވިއްކައި، ޔަހޫދީންނާއި ދެކޮޅު އެއްޗެއް އެހެން ސޯޝަލް މީޑިޔާތަކެކޭ އެއްގޮތަށް ނުގެނެސް ދިނުމަށް ޓިކްޓޮކުން އެއްބަސް ވުމުންނެވެ.

ސޯޝަލް މީޑިޔާ އާއި ގުޅޭ ވާހަކަ ދައްކަން ނާޒިމަކީ މާ ދުވަސްވެ މުސްކުޅިވެފައިވާ މީހެކެވެ. މުއިއްޒު ކަހަލަ ބޫމާ އެކެވެ. ސޯޝަލް މީޑިޔާ ރެގިޔުލޭޓް ކުރަން މިމީހުން އުޅުމަކީ ބޮޑު ޖޯކެކެވެ. މިއީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ.

ރައީސް އޮފީހުން އާދައިގެ މަތިން ހީނާ ދަނީ މީޑިޔާ ރެގިޔުލޭޓް ކުރަން ނޫޅޭ ކަމަށް ބުނެ ދޮގު ހަދަމުންނެވެ. މީޑިޔާ އަދި ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރާ މި ބިލްގެ އަޑީގައި ވަނީ ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާއެވެ. ސޯޝަލް މީޑިޔާ ބްލޮކް ކުރަން މަސައްކަތް ކުރީ އަދި މުއިއްޒު އާއި ދެކޮޅަށް މީޑިޔާގައި ވާހަކަ ދައްކާ ފަރާތްތައް ދިގު މުއްދަތަށް ޖަލަށް ލުމަށް ބިލެއް ހަދަމުން ދަނީ މުއިއްޒުގެ ދަރިންނަށް އޭނާ ކުރަމުންދާ ވައްކަމާއި، ހަދަމުންދާ ދޮގުތައް ފެންނަމުންދާތީ އެކަމާއި ކަންބޮޑުވެގެން ކަމަށް ދިޔަވަރު ނޫހަށް ވަނީ އެ އާއިލާގެ ތެރެއިން މައުލޫމާތު ލިބިފައެވެ.