ޚަބަރު

ކުންފުނިތަކަށް ފައިސާ އާއި ޕްރޮޖެކްޓްތައް ލިބޭނީ ނާޒިމަށް ކުންފުނިތަކުގެ ހިއްސާ ބަދަލުކޮށްގެން ކަމަށް ބުނެ ރާއްޖޭގެ އެތައް ސަތޭކަ ކުންފުންޏެއްގެ ހިއްސާ މަޖުބޫރުން ދަނީ ނަގަމުން

ދިޔަވަރު
ކުންފުނިތަކަށް ފައިސާ އާއި ޕްރޮޖެކްޓްތައް ލިބޭނީ ނާޒިމަށް ކުންފުނިތަކުގެ ހިއްސާ ބަދަލުކޮށްގެން ކަމަށް ބުނެ ރާއްޖޭގެ އެތައް ސަތޭކަ ކުންފުންޏެއްގެ ހިއްސާ މަޖުބޫރުން ދަނީ ނަގަމުން

ކުންފުނިތަކަށް ފައިސާ އާއި ޕްރޮޖެކްޓްތައް ލިބޭނީ ނާޒިމަށް ކުންފުނިތަކުގެ ހިއްސާ ބަދަލުކޮށްގެން ކަމަށް ބުނެ ރާއްޖޭގެ އެތައް ސަތޭކަ ކުންފުންޏެއްގެ ހިއްސާ ނެގުމަށް މަޖިލީހުގެ ނާއިބް ރައީސް ޖަންގިޔާ ނާޒިމް މަސައްކަތް ކުރަމުންދާކަން ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ނާޒިމް މި މަސައްކަތް ކުރަމުން ދަނީ، ރައީސް މުއިއްޒު އާއި ސާޖިދާ އާއި "ދިމްޔާތު ޓިމު" ގޮތުގައި ހަރަކާތްތެރިވާ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއިވެސް ގުޅިގެންނެވެ. ނާޒިމުގެ ނަމަށް ސީދާ ބަދަލު ކުރަން ބޭނުން ނުވާ ފަރާތްތަކަށް ކުރީގެ ފާފު އަތޮޅު ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޖޭފޯގެ ނަމަށާއި، އަދި އެފަދަ އެހެން ފަރާތްތަކުގެ ނަމަށްވެސް ބަދަލު ކުރެވިދާނެ ކަމަށް ނާޒިމް ދަނީ ބުނަމުންނެވެ.

ވިޔަފާރީގައި ކުޑަނަމަވެސް ލާރި ހުރި ފަރާތްތަކަށް މަޖުބޫރު ކުރަމުން ދަނީ ފައިސާ ދިނުމަށެވެ. ފައިސާ ނުދޭ ކުންފުނިތަކަށް، "ދިމްޔާތު ޓިމު"ގެ ފަރާތުން ދަނީ ގުޅިގެން ކަސްޓަމުގެ ތެރެއިންނާއި، އެމްޕީއެލް ތެރެއިންނާއި، ސަރުކާރުގެ ޕްރޮކިޔުމެންޓް ޑިޕާޓްމެންޓްގައި ތިބި ނާޒިމްގެ އަރިސް ފަރާތްތަކުގެ އެހީއާއި، އަދި ފިނޭންސް މިނިސްޓްރީ ބޭނުން ކޮށްގެން ވިޔަފާރިތަކަށް ޖެއްސުންކޮށް ފުނޑާލުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތަކުގައި، އެ ކުންފުނިތަކުގެ މައްސަލަ ނަގައި، ރައީސް މުއިއްޒުގެ އެހީގައި ކުންފުނިތަކުގެ ވެރިންގެ ސިއްރު މައުލޫމާތު ހޯދައިގެން އެމީހުންނަށް ދަނީ އެކި ގޮތް ގޮތުން ބިރު ދައްކަމުން ކަމަށް ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. މަޖިލީސް ކޮމިޓީގައި އާއި އެނޫން ގޮތްގޮތުން ނާޒިމް ކުންފުނިތަކަށް ބިރު ދައްކާވާހަކަ މީގެ ކުރިން ހަސަން ކުރުސީ ވަނީ ސޯޝަލް ޓްވިޓަރ ގައިވެސް ހާމަ ކޮށްގައެވެ.

ކުރިއަށް އޮތް 2025 އަހަރު ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ އެއް ދޫނުކުރާނެއެވެ. އަދި 2024 ވަނަ އަހަރު ނިމުނު އިރު ސަރުކާރު ޕްރޮޖެކްޓްތަކަށް މި ސަރުކާރުން 6 ބިލިއަން ރުފިޔާ ދޫނުކޮށް ހިފަހައްޓައި، ފައިސާ ލިބޭނީ %20 މުއިއްޒަށް ދިނުމުން ކަމަށާއި، ނުދޭ ކުންފުނިތަކަށް އެކި ގޮތްގޮތުން ދަނީ އިންތިހާ އަށް ދަތިކޮށް އެމީހުންގެ ދިރިއުޅުން ހަލާކު ކުރަމުންނެވެ.

މި އެންމެހާ ފަރާތްތަކުން ޖެނުއަރީ 31 ގައި ނުކުމެ، ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރަން އެއްވާ އެއްވުމަށް ނުކުންނަށް ޖެހެއެވެ. އަދި ރައްޔިތުންނާއި މެދު، ގޭންގަކުން އަމަލު ކުރާހެން ސަރުކާރުން އަމަލު ކުރަމުންދާ ދިޔުން ހުއްޓާލައި، މުއިއްޒު ވެރިކަމުން އިސްތިއުފާ ދިނުމަށް ގޮވާލަން ޖެހެއެވެ.