މުއިއްޒުގެ ދިއްދޫ ދަތުރާއި ގުޅިގެން އެރަށު ރައްޔިތުން މުއިއްޒުގެ ދޮގުތަކާއި ވައްކަމާއި ދެކޮޅަށް އަޑު އުފުލަން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ހއ. ދިއްދޫއަށް ދަތުރު ކުރުމަށް ނިންމަވާފައިވާއިރު، ރައްޔިތުން އަޑު އުފުލުމަށް ނިންމާފައިވާތީ މުއިއްޒު އެޓޯލް މިނިސްޓްރީ އިން އަންގައިގެން ކައުންސިލުން ވަނީ އެމްޑީޕީއިން ދަތުރަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް ނުކުރަން އެދިފައެވެ.
ނަމަވެސް މިކަން އިންތިޒާމު ކުރަމުންދަނީ ރަށުގެ ކުދި ބޮޑު އާންމު ރައްޔިތުން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.
"މި ދަތުރުފުޅާ ގުޅިގެން އިންތިޒާމު ކުރައްވާ ހަރަކާތްތަކަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ތިޔަ ޕާޓީން ނުކުރެއްވުމަށާއި ރައީސުލްޖުމްހޫރިއްޔާ ދިއްދޫ ރައްޔިތުންނާއެކު ބާއްވާ ރަސްމީ ބައްދަލުވުމަށް ދަތިވާ ފަދަ ގޮތަކަށް ލައުޑް ސްޕީކަރު މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ،" ދިއްދޫ ކައުންސިލުން ފޮނުވި ސިޓީގައި ބުންޏެވެ.
ނަމަވެސް ރައީސް މުއިއްޒު އިސްވެ ހުންނަވައިގެން ރައީސް ސޯލިހް 2023 ގައި ކެމްޕެއިނަށް ކުރި ދަތުރުތަކަށް ވަނީ ލައުޑް ސްޕީކަރ ބޭނުން ކޮށްގެން ހުރަސް އަޅާފައެވެ. އަދި ރަށް ރަށުން ދަނީ މުއިއްޒުގެ ދޮގުތައް ފުދިއްޖެ ކަމަށް ބުނެ، ކެމްޕެއިން ކުރަން މި ރަށް ރަށަށް ދޮގު ހިފައިގެން ނޭރުމަށް އެދެމުންނެވެ.
ރައީސުލްޖުމްހޫރިޔއްޔާ ދިއްދޫއަށް ވަޑައިގަންނަވަން ނިންމަވާފައި ވަނީ އަންނަ އަންގާރަ ދުވަހު އެވެ. އެދުވަހު ރަށުގެ ކުޑަބޮޑު އެންމެން ނުކުމެ ރައީސް މުއިއްޒު އާއި ދެކޮޅަށް ޤާނޫނުން ލިބިދޭ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން އަޑު އުފުލައި ސުލްހަވެރި ކަމާއި އެކު ރަށުން ފޭބުމަށް ގޮވާލުމަށް އެދެމެވެ.