ޚަބަރު

ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ކޮންމެހެންވެސް ދޭންޖެހޭ ބޭސް އާސަންދައިން ނުލިބޭތީ ފާމަސީ ތަކުން އެ ބޭސް ހުސްވެ، ތުއްތުކުދިން ނުރައްކަލަކަށް! ނަމަވެސް މުއިއްޒު އުޅެނީ "ކުޅޭ ބޭބެ" އަށް ނުވެވިގެން!

ދިޔަވަރު
ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ކޮންމެހެންވެސް ދޭންޖެހޭ ބޭސް އާސަންދައިން ނުލިބޭތީ ފާމަސީ ތަކުން އެ ބޭސް ހުސްވެ، ތުއްތުކުދިން ނުރައްކަލަކަށް! ނަމަވެސް މުއިއްޒު އުޅެނީ "ކުޅޭ ބޭބެ" އަށް ނުވެވިގެން!

ދުވަސް ނުފުރާ އުފަންވާ ކުދިންނަށް ކޮންމެހެންވެސް ދޭންޖެހޭ ބޭސް އާސަންދައިން ނުލިބޭތީ ރާއްޖޭގެ ފާމަސީ ތަކުން ހުސްވެއްޖެއެވެ.

https://twitter.com/Faisalnaifaru/status/1883425804379660770

ކުޑަ ކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް ވަނީ މިކަން އާންމުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. ރާއްޖޭގެ ތާރީހުގައި ބޭސް ނުލިބި، ރައްޔިތުންނަށް އާސަންދަ ނުލިބި، އާސަންދައިން ކުރިން ލިބުނު ބޭސްތައް އާސަންދައިން ނުލި، މިފަދަ ނިކަމެތި ހާލަތެއް މިނޫނީ ކުރިމަތިވެފައި ނުވެއެވެ.

ކުޑަކުދިންނާއި ބެހޭ މީހުން ދޫކުރުމާއި، އެކުދިންނަށް ބޭނުންވާ ބޭހަށް އާސަންދަ ނުދީ، މުއިއްޒު އެޅެނީ ކުޑަކުދިން ސިޔާސީ ކަންކަމުގައި ސަފު ހަދުވައިގެން ނެރެގެން ބޭނުން ކުރުމުގައެވެ. ދެއްކުމަށް ކުޑަ ކުދިން އުރައި ފޮޓޯ ނެގުމާއި، ކުޑަ ކުދިން ލައްވައި، އެއަރޕޯޓް އަޅުވަން ބުނުމާއި، ފުޓު ބޯޅަ ދަނޑު އަޅަން ބުނުމާއި، ކުޑަކުދިން ލައްވައި "ނޯޓު" ހަދުވައިގެން ޤާނޫނުން ބޭރުން ކަންކަން ކޮށް "ކުޅޭ ބޭބެ" އަށް ނުވެވިގެން ނެވެ. ހުރިހާ ކަމެއްގައި އޮތީ ދެއްކުން ތެރިކަމާއި "ފޮޓޯ" ހޯދުމެވެ.

ރާއްޖޭގެ ބޭސްވަރުވާގެ ހާލަތު ދަށްވެ، އާސަންދަ ލިބުން ދަތިވެ، އެންސްޕާ އެއްކޮށް ހުއްޓާލާފައި ވާއިރު، އެންސްޕާއިން ވަނީ ރައީސް މުއިއްޒުގެ ޓީވީ ސްޓޭޝަން ހެދުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކޮށް އެތަން ކުށްޔަށް ހިފައިދީފައެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުން ދިވެހި ރައްޔިތުންނަށް ނުލިބޭހާ އެތައް ގެއްލުމެއް އެއަށްވުރެ އެތައް ދަރަޖައެއް ބޮޑުކޮށް މުއިއްޒު ކުރަމުންދާ ވައްކަމުން ދަނީ ލިބެމުންނެވެ.