ޚަބަރު

މީޑިޔާ އަދި ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރާ ބިލެއް ނަހަދާ ކަމަށް ބުނެ ރައީސްގެ ސްޕޯކްސް ޕާސަން ހީނާ މިއަދު ކުރި ޓްވީޓް ދޮގުވާހެން، ޖަންގިޔާ ނާޒިމް ދެންމެ ބަޔާނެއް ނެރެފި

ދިޔަވަރު
މީޑިޔާ އަދި ސޯޝަލް މީޑިޔާ ކޮންޓްރޯލް ކުރާ ބިލެއް ނަހަދާ ކަމަށް ބުނެ ރައީސްގެ ސްޕޯކްސް ޕާސަން ހީނާ މިއަދު ކުރި ޓްވީޓް ދޮގުވާހެން، ޖަންގިޔާ ނާޒިމް ދެންމެ ބަޔާނެއް ނެރެފި

މީޑިޔާ ރެގިޔުލޭޓް ކުރާ ބިލެއް ނަހަދާ ކަމަށް ބުނެ ރައީސްގެ ސްޕޯކްސް ޕާސަން ހީނާ ދެއްކި ވާހަކަ (ކުރެއްވި ޓްވީޓް) ދޮގުވާހެން، ޖަންގިޔާ ނާޒިމް ދެންމެ ބަޔާނެއް ނެރެފިއެވެ.

އެ ރިޕޯޓްގައި މީޑިޔާއިން އޭނާ ސަން އޮންލައިނަށް ދިން އިންޓަވިއު އާއި ގުޅިގެން ހަދާފައިވާ ޚަބަރުތަކާއި މެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ފަހު ތަކުރާރު ކޮށް ބުނެފައިވަނީ، ސޯޝަލްމީޑިޔާ ކޮންޓްރޯލް ކުރަން ޖެހޭ ކަމަށެވެ. އެކަމަށް ޤާނޫނެއް ނެތްކަމަށާއި ޤާނޫނު ހަދަން ޖެހޭ ކަމަށެވެ.

ތިމަންނާ އަކީ މިނިވަން ނޫސްވެރިކަމާއި ދެކޮޅު މީހެއް ނޫން ކަމަށް ބުނެ، މިނިވަން ނޫސްވެރިކަން ހަނިކޮށް މި ބިލް ހުށައެޅުމަށް އޭނާ ބޭނުންވާ ވާހަކަ ވަނީ ހަމަ އެ ބަޔާނުން ހާމަވާހެން ލިޔެފައެވެ.

އާންމު ރައްޔިތުންނަށް އޮޅޭހެން މުއިއްޒު ކުރާ ކަމެއް ނޫން ކަމަށް ދެއްކުމަށް، މި ބިލަކީ މީނާގެ ބިލެއް ކަމަށް ހަދައި، ބިލް މަޖިލީހުން ފާސް ކުރާނެ ކަމުގެ ޔަގީން ކަން ޖަންގިޔާ ނާޒިމް ވަނީ މުއިއްޒަށް ދީފައި ކަމުގައި މިކަމުގެ މައުލޫމާތު އެނގޭ މަޖިލީސް މެމްބަރަކު ދިޔަވަރު ނޫހަށް މައުލޫމާތު ދީފައިވެއެވެ. މައްސަލަ އަކީ މުއިއްޒުގެ ދަރިންނަށް ސޯޝަލް މީޑިޔާއިން މުއިއްޒު ކުރާ ވައްކަމާއި ހަދަމުންދާ ދޮގުތައް އެނގޭތީ ސާޖިދާ ކަންބޮޑުވާ ކަންބޮޑުވުމެވެ. އެކަމެއް ހައްލެއް ހޯދުމަށް މަސައްކަތް ކުރަނީ ނާޒިމް އެވެ. މުއިއްޒު އާއި ސާޖިދާގެ ފަރާތުންނެވެ. މައުލޫމާތު ހާމަކޮށް، ދޮގު ހެދުން ހުއްޓާލައި، ވައްކަން ހުއްޓާލާފައި ވެރިކަން ކުރީމާ، ރައްޔިތުން ސޯޝަލް މީޑިޔާގައި ލިޔާނެ އެއްޗެއް ނޯންނާނެއެވެ. އަޅުގަނޑުމެން ނޫސްވެރިން ދައްކާނެ ވާހަކައެއްވެސް ނޯންނާނެއެވެ.

ނަމަވެސް ކޮންމެ ދުވަހަކު ސަރުކާރުން ކުރާ ވައްކަމެއް، ހަދާ ދޮގެއް ރައްޔިތުންނާއި ހަމަ އަށް ތިލަ ނުވެ ނުދެއެވެ. މިވަރަށް ދޮގު ހަދާ ވައްކަން ކޮށް ރައްޔިތުން ބިކަކުރާ ސަރުކާރެއް ދުނިޔެ މި ފަހުގެ ތާރީހެއްގައި ދެކިފައި ނުވާކަމީ ޙާޤީގަތެވެ. ދެން އޮތް ގޮތަކީ އިސްތިއުފާ ދެއްވުމެވެ. ދޮގު ހެދުމަށްވުރެ ދެދުނިޔޭގައި އެކަން މުއިއްޒަށް މާ ހެޔޮކަން ބޮޑުވާނެއެވެ. ދަރިންނަށް ތިމާގެ ހުތުރު އުޅުން ފެންނަން ނުޖެހޭނެއެވެ.

މިއީ ސޯޝަލް މީޑިޔާ ބޭން ކުރުމަށް ހެދި ބިލެވެ. މި ބިލް މިހާރު ހަދާފައިވަނީ މުއިއްޒު އާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން 10 އަހަރަށް ޖަލަށް ލުމަށް ބަދަލުކޮށް ޑްރާފްޓް ކޮށްފައެވެ.

މުއިއްޒު ވަނީ މީގެ ކުރިން ދިޔަވަރު ނޫސް ވެސް ބްލޮކް ކޮށްފައެވެ. ނޫސްވެރިންނާއި ދެކޮޅުވެ، ޖަންގިޔާ ނާޒިމް ވަނީ މީގެ ކުރިން ޓީވީ ޗެނަލަކަށް އިންޒާރު ވެސް ދީފައެވެ. އަދި ދިވެހި ޕޯސްޓުގެ ނަމުގައި އޭނާ އަޑީގައި ހުރެގެން ދޮގު ހަބަރު ފަތުރާ ނޫހެއްވެސް ޖަންގިޔާ ނާޒިމް ވަނީ މީގެ ކުރިން ހިންގާފައި ކަމުގައި މައުލޫމާތު ލިބެއެވެ. އޭރު ނޫސްތަކާއި މީޑިޔާ އާއި ސޯޝަލް މީޑިޔާ "ރެގިޔުލޭޓް" ކުރާ ވާހަކަ އެއް ނާޒިމް ނުދައްކައެވެ.

https://twitter.com/MP4Dhiggaru/status/1883509708193141157

ޖަންގިޔާ ނާޒިމް ނެރެފައިވާ ބަޔާން