ޚަބަރު

ރ. އިންނަމާދޫގައި މުއިއްޒު ހުޅުވައި ދެއްވީ އެމްޑީޕީގެ ސަރުކާރުން އަޅާދިން ވޮލީ ކޯޓެއް, ރ. އަތޮޅުގެ 9 ރަށަށް ވަޑައިގެންނެވި އިރުވެސް, މުއިއްޒު އިފްތިތާހުކޮށްދިން ހަމައެކަނި މަޝްރޫއަކީ މިއީ!

ދިޔަވަރު
ރ. އިންނަމާދޫގައި މުއިއްޒު ހުޅުވައި ދެއްވީ އެމްޑީޕީގެ ސަރުކާރުން އަޅާދިން ވޮލީ ކޯޓެއް, ރ. އަތޮޅުގެ 9 ރަށަށް ވަޑައިގެންނެވި އިރުވެސް, މުއިއްޒު އިފްތިތާހުކޮށްދިން ހަމައެކަނި މަޝްރޫއަކީ މިއީ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި، އެ އަތޮޅު އިންނަމާދޫގައި ހުޅުވައި ދެއްވި ވޮލީ ކޯޓަކީ، ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މަޝްރޫޢެއްކަން ހާމަވެއްޖެ އެވެ.

ރައީސް މުޢިއްޒު އިންނަމާދޫ އަށް ވަޑައިގެން، އެ ރަށުގައި ކުރީ ސަރުކާރުން ފަށާފައިވާ އައުޓް ޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައި ދެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ. ނަމަވެސް އެ މަޝްރޫޢަކީ ކުރީގެ ރައީސް ޞާލިޙުގެ ސަރުކާރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީ ކޯޓުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

އެގޮތުން އިންނަމާދޫގައި ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރީގެ ކުޅިވަރު ވުޒާރާ އިން އިއުލާން ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ އެ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮޑުތިލަ އިންވެސްޓުމަންޓާ އެވެ.

ރައީސް މުޢިއްޒު އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގިނަ މަޝްރޫޢުތަކެއް ހުޅުވައިދެއްވާއިރު، އެއީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކެއްކަން ފާހަގަ ކުރެވެ އެވެ. އެގޮތުން ރަށް ރަށުގައި ފެނުގެ ނިޒާމު ޤާއިމު ކުރުމާއި، ނަރުދަމާގެ ނިޒާމު ޤާއިމު ކުރުން އަދި ކުޅިވަރު ކުޅޭ ތަންތަން ޤާއިމު ކުރުމުގެ މަޝްރޫޢުތައް ވެސް ހިމެނެ އެވެ.

ފާއިތުވި ހަފްތާގައި މުއިއްޒު ރ. އަތޮޅުގެ 9 ރަށަކަށް ވަޑައިގެންނެވިއިރު މިނޫން އެހެން އެއްވެސް ތަރައްގީގެބމަޝްރޫއެއް އިފްތިތާހު ކޮށްދެއްވާފައެއް ނުވެއެވެ. އެހެންނަމަވެސް ހުރިހާ ރަށަކަށްވެސް ވަޑައިގެން މުއިއްޒު ގެންދަވަނީ, ރައްޔިތުން އެދޭހާކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވަމުންނެވެ. އެހެންނަމަވެސް ވެރިކަމަށް 15 މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް, މުއިއްޒުގެ ސަރުކާރުން ތަރައްގީގެ މަޝްރޫއެއްގެ އެންމެ ކުޑަމިނުން ބިންގާވެސް އަޅާ ދީފައެއް ނުވެއެވެ.

މުއިއްޒު ފާހަގަ ކުރެވިފައިވަނީ ދޮގު ވައުދުވެގެން ވެރިކަމަށް ވަޑައިގެން ވީ ވައުދުތަކަށް ޚިޔާނާތްތެރިވެސް, މުތުލަގަށް ދޮގު ހައްދަވާ ރައީސެއްގެ ގޮތުގައެވެ.