ޚަބަރު

އެޗްޑީސީ މުއައްޒަފުންނަށް ބޯނަސް ދިނުމަށް ފިނޭންސަށް ފޮނުވުމުން ރިޖެކްޓް ކޮށްލައިފި، ބޯނަސް ލާރިކޮޅުވެސް ވައްކަމަށް!

ދިޔަވަރު
އެޗްޑީސީ މުއައްޒަފުންނަށް ބޯނަސް ދިނުމަށް ފިނޭންސަށް ފޮނުވުމުން ރިޖެކްޓް ކޮށްލައިފި، ބޯނަސް ލާރިކޮޅުވެސް ވައްކަމަށް!

އެޗްޑީސީ މުއައްޒަފުންނަށް ބޯނަސް ދިނުމަށް ފިނޭންސަށް ފޮނުވުމުން ރިޖެކްޓް ކޮށްލައިފި އެވެ. މިކަން ކޮށްފައިވަނީ ފިނޭންސް މިނިސްޓަރ ޒަމީރު، ރައީސް މުއިއްޒު އާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ފިނޭންސް މިނިސްޓްރީއިން ދިޔަވަރު ނޫހަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

2023 ވަނަ އަހަރަކީ އެޗްޑީސީއަަށް އެންމެ ފައިދާވި އަހަރެވެ. އެޗްޑީސީ މުއައްޒަފުންނަށް އަހަރީ ބޯނަސް ނުދިނުމަށް އޭރުގެ އެމްޑީ ފަޒުލް ނިންމާފައި ވަނީވެސް ރައީސް މުއިއްޒު އިރުޝާދުގެ ދަށުންނެވެ. މިހާރުގެ އެމްޑީ މަޢުރޫފް ހުރިހާ ކަމެއް ނިންމާފައި، ފިނޭންސް މިނިސްޓަރަށް މުއައްޒަފުންނަށް ބޯނަސް ދިނުމަށް ލިޔެކިޔުންތައް ފޮނުވުމުން، އެކަން ނުކުރުމަށް ނިންމީ އެއްވެސް ސަބަބެއް ނެތިއެވެ.

ރައީސް މުއިއްޒު ވަނީ އެޗްޑީސީއިން އިންތިހާއަށް ވައްކަން ކޮށްފައެވެ. އަދިވެސް ރާވާފައިވަނީ ވައްކަން ކުރުމަށެވެ. މީގެ ތެރޭގައި ރައީސް މުއިއްޒު ފައިސާ ނަގައިގެން ހައްޤު ނޫން ބަޔަކަށް 2008 ގައި ބާކީ ވެފައިވާ ގޯތި ތަކެއް ދިނުމަށް ޕްރެޒިޑެންޓް ލިސްޓް ގެ ނަމުގައި ލިސްޓެއްވެސް ހަދާފައިވެއެވެ.

މުއައްޒަފުންނަށް ދޭން އެޗްޑީސީއިން ނިންމާ ފައިވާ ބޯނަސްވެސް، ރައީސް މުއިއްޒުގެ ބޭނުންފުޅު ވަނީ އޭނާއަށެވެ. މީގެ ކުރިންވެސް ބައެއް ނުބައި ވެރިން ވައްކަން ކުރިއެވެ. ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ޙައްޤުގައި އަތް އަޅައި އެ ފޭރިގަނެފައި ނުވެއެވެ. ނަމަވެސް މިއަދު އެޗްޑީސީގެ ބޯނަސް ލާރިކޮޅުވެސް އެ ބަލަނީ ވައްކަމުގެ ތެރެއިން ރައީސް މުއިއްޒަށް ލިބޭނެ ގޮތެކެވެ.

ފަޒުލްއާއި އެއްކޮށް އެޗްޑީސީއިން، ވަކިކުރި ރައީސް މުއިއްޒު އަށާއި، އޭނާގެ ނުބައި އައުވާނުންނަށް ވައްކަން ކުރި ހުރިހާ ސްޓާފުން އަލުން އަނބުރާ އެޗްޑީސީއަށް މިހާރު ވަނީ ވައްދާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ، ބާރަށު ޝުޖާއުގެ މީހުންނެވެ.

އެޗްޑީސީން 20 މިލިއަން ރުފިޔާގެ މުދާ ވިއްކި އެސްޓޭޓް ޗީފްއަކަށް ލާފަ ހުރި ސަނީހު ވެސް މި ހަފްތާގަ ވަޒީފާއަށް ނެރުމަށް މުއިއްޒު ވަނީ އަންގާފައެވެ. ސަނީހު ވަނީ ވޯޓަރ ޕާކް މަސައްކަތް ކުރި ކުންފުނީގެ މުދާތައް ވިއްކާލައި، އެކުންފުނީގެ ވެރިންނަށް ނޭނގޭހެން އެކުންފުނީގެ ހިއްސާ އޭނާގެ ގާތް ފަރާތެއްގެ ނަންމައްޗަށް ވެސް ބަދަލު ކޮށްފައެވެ.

މަޖިލިސް މެމްބަރ ޝުޖާއު އާއި ބޮޗޭ މެން އެޗްޑީސީ ތެރެއިން ކޮށްފަ ހުރި ވައްކަންތައް ފަޅާ އަރުވާނެ ކަމުގެ ބިރުން އެމީހުންގެ މީހުންތައް އަލުން ވަޒީފާއަށް ނެރެ، ކުރިއެކޭ އެއް ގޮތަށް ގަދައަށް އެޗްޑީސީ ތެރެއިން މުއިއްޒަށް ދަނީ ވައްކަން ކޮށްދެމުންނެވެ. އާންމު ސްޓާފް މީހާގެ ބޯނަސް ނުދެވިގެން އުޅޭނީ މިސަބަބަށްޓަކައެވެ.