އެންސްޕާއިން ވައްކަންކޮށް ޚިދުމަތް ނުދެވި އެންސްޕާ ހުއްޓާލުމަށް ފަހު، އާސަންދައިގެ ބޮޑު ބައެއް ވެސް އުވާލަން ސަރުކާރުން ނިންމައިފިއެވެ. އެންސްޕާއިން ކުރި އެތައް މިލިއަން ރުފިޔާގެ ވައްކަމުގެ ތެރެއިން ރައްޔިތުންނާއި ހަމަ އަށް ތިލަވެފައިވާ އެންމެ ބޮޑު ވައްކަމަކީ ރައީސް މުއިއްޒުގެ ޓީވީ ހެދުމަށް ކުރި ވައްކަމެވެ. އެންސްޕާއިން ވަނީ އެތަނުގެ ކުލި ދެއްކުމުގެ އިތުރުން، އެތަނުގެ އެތެރޭގެ ޑެކަރޭޝަން ތައް ބޮޑު އަގުގައި ހަދާދީފައެވެ.
މީގެ އިތުރުން އެންސްޕާއިން ރައީސް މުއިއްޒުގެ އަރިސް މަޖިލީސް މެމްބަރުންގެ ގާތް ފަރާތްތަކަށް "ފަރުވާ" ދިނުމުގެ ނަމުގައި ޗުއްޓީ ހޭދަ ކުރުމަށް އެކި މަންޒިލްތަކަށް ޓިކެޓް ރީފަންޑްކޮށް ދިނުން ފަދަ ބޮޑެތި ކޮރަޕްޝަން ތައް ހިނގާފައި އެބަހުއްޓެވެ.
އެންސްޕާގެ ދުވަސް ދުއްވާލުމަށް ފަހު، އާސަންދަ ކުންފުނީގެ ކޭސް ޕްރޮސެސިން ޑިޕާޓްމެންޓް އުވާލަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސުޕަވައިޒަރުންގެ ރޯލުވެސް ވަނީ އުވާލަން ނިންމާފައެވެ. ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ދިޔުމުން ހުރިހާ ގެއްލުމެއް ލިބެނީ އާންމު ރައްޔިތުންނަށެވެ.
މިކަމާއި ގުޅިގެން އާސަންދައިގެ މުއައްޒަފުން ވަނީ މުއިއްޒަށް ޕެޓިޝަނެއް ވެސް ހުށައަޅާފައެވެ. ނަމަވެސް އާސަންދައިގައި އިސްކޮށް ތިބީ މުއިއްޒު އައްޔަން ކޮށްފައިވާ އޭނާ ފަދަ ނާގާބިލު، އުޅުމެއް ނެތް، ތަންދޮރު ނުފިލާ ފަރާތްތަކެވެ. މުއިއްޒަށް ތަންތަނަށް އައްޔަން ކުރަން ކަމުދަނީ އެފަދަ ފަރާތްތަކެވެ.
މެނޭޖްމަންޓުން ފެބްރުއަރީ 1 އިން ފެށިގެން ގެންނަން ނިންމި ބަދަލުތަކާ ދެކޮޅަށް 50 މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅައިފި
މި ބަދަލުތަކުގެ ސަބަބުން:
- 60 އެއްހާ މުވައްޒަފުންގެ ވަޒީފާއަށް ނޭދެވޭ އަސަރުކުރާނެ
- ސުޕަވައިޒަރުންގެ މަޤާމު އުވާލައި، ޝިފްޓް އިންޗާޖުންގެ މަޤާމަށް ބަދަލުކުރެވޭނެ
- 1000 ރުފިޔާގެ ސުޕަވައިޒަރީ އެލަވަންސް އުވާލެވޭނެ
- ކޭސް ޕްރޮސެސިންގ ޑިޕާޓްމަންޓް އުވާލެވޭނެ
މުވައްޒަފުން ފާހަގަކުރާ މައްސަލަތައް:
- މެނޭޖްމަންޓުން މުވައްޒަފުންނާ މަޝްވަރާނުކޮށް ނިންމުންތައް ނިންމުން
- ކަސްޓަމަރ ސަރވިސްގެ މައްސަލަތަކަށް ހައްލު ނުހޯދުން
- މުވައްޒަފުންގެ މެދުގައި މަސައްކަތް ހަމަހަމަކޮށް ބަހާނުލުން
- މެނޭޖްމަންޓުގެ ނާޤާބިލުކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރު ދަށްވުން
މުވައްޒަފުން އެދޭ ކަންތައްތައް:
- ގެންނަން ނިންމި ބަދަލުތައް މުރާޖަޢާކުރުން
- މުވައްޒަފުންނާ މަޝްވަރާކޮށްގެން ނިންމުންތައް ނިންމުން
- މަސައްކަތުގެ މާހައުލު ރަނގަޅުކުރުން
- ޚިދުމަތުގެ ފެންވަރު މަތިކުރުން
ނަމަވެސް މިއިން އެއްވެސް ކަމަކަށް އެއްވެސް ހައްލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. އަދި ނާގާބިލް މުއިއްޒުގެ އަތްދަށުވެ، އާސަންދަ ހަލާކުވެ މުއައްޒަފުންނާއި އާންމުންނަށް ގެއްލުން ވުން ފިޔަވާ އިތުރު ކަމެއް ވާނެ ކަމަކަށް ނުބެލެވެއެވެ. މިހާރުވެ އާސަންދައިން ފަރުވާއާއި، އެތައް ބޭސްތަކެއް ނުލި އާންމު ރައްޔިތުން ވަނީ ސަލާން ޖަހަން މުއިއްޒު މަޖުބޫރު ކޮށްފައެވެ.