ބިޔުރޯ އޮފް ސްޓެޓިސްޓިކްސްއިން މިއަދު ހާމަކުރި ޑިސެމްބަރު މަހުގެ އަގުތަކުގެ މިންގަނޑު (ސީޕީއައި) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ވަނީ 4.80 އިންސައްތައަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެއްވެސް އަހަރަކު ނުދެކޭވަރުގެ މަތީ އަދަދެކެވެ.
އަގުތަކަށް އައި ބަދަލުތައް:
- މިދިޔަ އަހަރުގެ ޖެނުއަރީގައި އިންފްލޭޝަން ހުރީ 0.9 އިންސައްތައިގައެވެ. އެހެންކަމުން އަހަރު ނިމުނުއިރު އިންފްލޭޝަން ވަނީ 3.9 ޕޮއިންޓް އިތުރުވެފައެވެ.
- މިދިޔަ 9 އަހަރު ތެރޭ އިންފްލޭޝަން ދެން އެންމެ މައްޗަށް ދިޔައީ 2023 ގައި 4 އިންސައްތައަށެވެ. މިހާރު މިވަނީ އެ މިންވަރަށްވުރެވެސް މައްޗަށް ގޮސްފައެވެ.
އެންމެ ފަހުގެ ބަދަލުތައް:
- ޑިސެމްބަރު މަހު އެކަނި އިންފްލޭޝަން 1.13 އިންސައްތަ މައްޗަށް ޖެހުނެވެ.
- ނޮވެމްބަރު މަހު އިންފްލޭޝަން 2.62 އިންސައްތަ މައްޗަށް ޖެހުނެވެ.
އަގު މައްޗަށް ދިޔަ މައިގަނޑު ބައިތައް:
- ރެސްޓޯރަންޓާއި ކެފޭތަކުގެ އަގުތައް: 9.19 އިންސައްތަ މައްޗަށް
- ދުންފަތުގެ ބާވަތްތަކުގެ އަގުތައް: 11.15 އިންސައްތަ މައްޗަށް
- ތަރުކާރީގެ އަގުތައް: 4.48 އިންސައްތަ މައްޗަށް
- މޭވާގެ އަގުތައް: 2.78 އިންސައްތަ މައްޗަށް
- ގޭގެ ހިފާގެންގުޅޭ ތަކެތި: 3.02 އިންސައްތަ މައްޗަށް
- މަހުގެ ބާވަތްތައް: 0.65 އިންސައްތަ މައްޗަށް
އަގު ދަށަށް ދިޔަ ބައިތައް:
- މުވާސަލާތީ ޚިދުމަތްތައް: 3.73 އިންސައްތަ ދަށަށް (ރައީސް ސޯލިހް އިންޓަރނެޓް އަގު ހެޔޮ ކުރުމުން)
2024 ވަނަ އަހަރުގެ ލަފާކުރުންތައް:
- މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ލަފާކޮށްފައިވަނީ އިންފްލޭޝަން 3.9 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށެވެ.
- އެހެންނަމަވެސް، އަހަރު ފެށުނީ އެއަށްވުރެ މަތީ އިންފްލޭޝަނަކާ އެކުގައެވެ.
- ބޭރު ފައިސާގެ ދަތިކަން އޮތްގޮތަށް ދެމިއޮތުމާއެކު، އިންފްލޭޝަން ކުޑަކުރެވިދާނެކަމުގެ އަންދާޒާއެއް މިވަގުތު ނުކުރެވެއެވެ.
- ރޯދަމަހާ ގުޅިގެން އަގުތައް މައްޗަށް ދާނެކަމަށް ބެލެވޭތީ، މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އިންފްލޭޝަން 5 އިންސައްތައަށްވުރެ މައްޗަށް ދާނެކަމަށް މިހާރު އަންދާޒާ ކުރެވެއެވެ.
މިހެން މިކަން ވަމުން މިދަނީ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުގެ ސަބަބުންނެވެ. ތަކެތީގެ އަގު މައްޗަށް އަރާފައިވާއިރު، މިހާރު ޑޮލަރުގެ އަގު ހުރީ 20ރ އާއި 19ރ އާއި ދެމެދުގައެވެ. ރައީސް މުއިއްޒު ވެރިކަމަށް އައީ ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ބުނެއެވެ. އަދި ވެރިކަމަށް ވަޑައިގެންވެސް ދެން ދާނީ ޑޮލަރުގެ އަގު ދަށް ކަމަށް ބުނެ ވާހަކަ ދެއްކިއެވެ.