ޖަލްސާތައް ފަޅު ކޮށް އޮންނާތީ މުއިއްޒު އާއި އެކު ހއ. އަތޮޅަށް 80 މީހުން މާލެއިން ގެންގޮސްފިއެވެ.
މުއިއްޒު ވަނީ ތިމަންނާ މިހެން ކުރާ ދަތުރުތަކުގައި ގެންދާނީ ވީހާވެސް މަދު ބައެއް ކަމަށް ބުނެ ވެރިކަން ލިބުނުތާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދޮގު ހަދާފައެވެ.
80 މީހުން މާލެއިން ރަށްތަކަށް އަރުވާފައިވާ އިރު، މި ހުރިހާ ކަމަކަށް ހަރަދު ކުރަމުން ދަނީ ރައްޔިތުންގެ ފައިސާއިންނެވެ. އަދި މިއީ މުއިއްޒުއަށް ތާއީދު ހޯދުމަށް ކުރަމުންދާ ކެމްޕެއިން ދަތުރުތަކެކެވެ.
ރައީސް އޮފީހުން ދަތުރު ދިޔުމަށް ހަދާފައިވާ ލިސްޓުގައި އެކަނިވެސް 70 މީހުން އެބަތިއްބެވެ. ދިޔަވަރު ނޫހަށް ރައީސް އޮފީހުން މައުލޫމާތު ދިނީ ޖުމްލަ 80 މީހުން މި ދަތުރުގައި މާލެއިން ހއ. ދާ ކަމަށެވެ.
މި ދަތުރުތަކުގައި، ދައުލަތުގެ މުދަލާއި، ތަކެތިވެސް ދަނީ ޤާނޫނާއި ޚިލާފަށް ވައްކަން ކޮށް ރަށްތައް ޒީނަތްތެރި ކުރުމަށް ބޭނުން ކުރަމުންނެވެ.
މިސަރުކާރުން ވައްކަމާއި، ރައްޔިތުންގެ ފައިސާއަށް އިންތިހާއަށް ހިޔާނާތްތެރި ނުވެ އެއްވެސް ކަމެއް ނުކުރެވެއެވެ.