ޚަބަރު

ޔާމީން އެދިގެން ގެނައި ޑޯނިޔާއިން އިތުރު މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީ ވެދީފި! ޑޯނިއާ ފޮނުވާލުމުން އެމަޖެންސީގައި މަރުވާ ފަރާތްތަކުގެ ޒިންމާ މުއިއްޒު ނަގަންޖެހޭ!

ދިޔަވަރު
ޔާމީން އެދިގެން ގެނައި ޑޯނިޔާއިން އިތުރު މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީ ވެދީފި! ޑޯނިއާ ފޮނުވާލުމުން އެމަޖެންސީގައި މަރުވާ ފަރާތްތަކުގެ ޒިންމާ މުއިއްޒު ނަގަންޖެހޭ!

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މާލެ އަށް ގެންދިޔަ އުމުރުން 25 އަހަރުގެ ހާލުދެރަ ފިރިހެނެއްގެ މެޑިކަލް އިވެކުއޭޝަން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން، އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓް މެދުވެރިކޮށް، އިއްޔެ 14:57 ހާއިރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި މެޑިކަލް އިވެކުއޭޝަންގައި ޕީޕީއެމް ސަރުކާރުގެ އެދިގެން އިންޑިޔާއިން ޑޯނިޔާ އޮޕަރޭޓް ކުރުމަށް ގެނައި އިންޑިޔާ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ ކޮންމެ އޮޕަރޭޝަނެއްގައި އިންޑިޔާ ސިފައިންގެ 11 ނުވަތަ 12 ފަރާތެއް ހަރަކާތްތެރިވެއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިންގެ 74 މީހުން ތިބި އިރު މީގެ ތެރެއިން 22 މީހަކު ފިޔަވައި އެންމެން ގެނެސްފައިވަނީ ޕީޕީއެމްގެ ސަރުކާރުން އެދިގެން ޕީޕީއެމް ސަރުކާރުން ގެނައި ހެލިކޮޕްޓަރަކާއި، ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށެވެ. ފުރަތަމަ ގެނައި 22 މީހުން ގެނެސްފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ އެދުމުގެ މަތިން 2010 ވަނަ އަހަރު ގެނައި ހެލިކޮޕްޓަރާއި އެކުއެވެ.

މި ފާއިތުވި 13 އަހަރު ރާއްޖޭގައި ހިންގާފައިވާ މެޑިކަލް އިވެކުއޭޝަން ތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ ސިފައިންގެ އެހީތެރިކަމާއި އެކު އެވެ. އަދި މިކަމުން ދިވެހި އެތައް ބައެއްގެ ފުރާނަ އެމަޖެންސީގައި ސަލާމަތް ކުރުމަށް ޔާމީނު އެދިގެން ގެނައި ޑޯނިޔާ އާއި އިންޑިޔާ ސިފައިން އެހީވެދީފައިވެއެވެ.

އިންތިހާބީ ރައިސް ވެރިކަމަށް ހޮވިފައިވަނީ އިންޑިޔާއާއި ރާއްޖޭގެ މިނިވަންކަމާއި ގުޅުވައިގެން ދޮގު ވާހަކަ ފަތުރައިގެން ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައިގެން ލިބުނު ވޯޓުންނެވެ.

އަމިއްލައަށް ގެނައި އިންޑިޔާ ސިފައިން ގޯސްވެގެން ކުއްލިއަކަށް ފޮނުވާލަން އުޅޭއިރު، ރާއްޖޭގައި އެމަޖެންސީގައި އެހީވެދިނުމަށް އިތުރު އެއްވެސް އެމަޖެންސީ ޚިދުމަތެއް ނެތުމުން އެތައް ދިވެހިންގެ ފުރާނަ މިސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުން ގެއްލިގެން ދާނެ އެވެ. އަދި މިކަމުގެ ޒިންމާ މުއިއްޒު ނަގަންޖެހޭނެއެވެ.