މުއިއްޒުގެ ހިތުގައި އެންމެ ޖެހުނީ، ވިއްކާލި ފަޅަކުންވެސް، ރަށަކުންވެސް މުއިއްޒަށް ލޯ ލާރިއެއްވެސް ނުދިނުމުން ކަމަށާއި، ވިއްކާލާ ކޮންމެ ރަށަކުން 2 މިލިއަން ޑޮލަރު މުއިއްޒު ބޭނުން ވެގެން އަބްދުއްރަހީމް ކިބައިން އެދިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއެވެ.
ރަނގަޅު އަދަދަކަށް ފަޅުތައް މާލެ އަތޮޅުންނާއި، އެކި ތަންތަނުން ކުރީގެ ޓުއަރިޒަމް މިނިސްޓަރ ފައިސަލް ވިއްކި އިރު، އެއިން އެއްވެސް ޑީލަކުން ކަޓެއް މުއިއްޒަށް ނުލިބުމަކީ މުއިއްޒު އެންމެ ހިތުގައި ޖެހުނު މައްސަލައެވެ. އަދި ޓުއަރިޒަމް މިނިސްޓަރު ކަމުން ފައިސަލް ވަކި ކުރަން ދިމާވި އެންމެ ބޮޑު މައްސަލައެވެ. ހާއްސަކޮށް 2 މިލިއަން ޑޮލަރު ވިއްކާ ކޮންމެ ރަށަކުން މުއިއްޒަށް ނަގައި ދިނުމަށް އެދިފައިވަނިކޮށް، އެއިން އެއްވެސް ކޮރަޕްޝަނެއް ނުހިންގުމަކީ ފައިސަލް ކަނޑާލި އެންމެ ބޮޑު ސަބަބު ކަމަށް އޭނާ ހާމަ ކުރިއެވެ.
މިއިން ކޮންމެ ކަމެއްގައިވެސް ވަނީ ފައިސާ، މުއިއްޒަކީ ސީދާ ފައިސާގެ މީހެއް!
މުއިއްޒު ފައިސާއަށް ބޭނުންވެގެން ކުންފުނިތަކުގެ އެމްޑީއިން މެދުވެރިކޮށްވެސް ވައްކަން ކުރަމުން ދިޔަ މިންވަރު ހާމަ ކުރަމުން އޭނާ ކިޔައިދިނެވެ.
ވެރިކަމަށް އައީ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން ޕީޕީއެމް ޕީއެންސީ ސެނެޓް ލާރިން ގަނެގެން، މުއިއްޒަށް ހީވަނީ ލާރި އަތްމަތީ ނެތިއްޖިއްޔާ ވެރިކަން ގެއްލިދާނެ ކަމަށް.
އޭނާ ތަފްސީލް ކޮށްދިނެވެ. އަދި ސަރުކާރުގެ ތެރެއިން އެހެން ބަޔަކު ފައިސާ ހަދާނަމަ، މުއިއްޒު މިހާރު ބިރުހީވާ ކަމަށާއި، މަޝްރޫޢުތަކަށް ވެސް ފައިސާ ދޫ ނުކުރަނީ "ޝައްކު" ބަލީގައި ބަޔަކު ފައިސާއިން އޭނާގެ ވެރިކަމާއި ދެކޮޅަށް އެއްވެސް ކަމެއް ކޮށްފާނެ ކަމަށް ބިރަށް ކަމަށް ޕީއެންސީ މަޖިލީސް މެމްބަރު ކިޔާދިނެވެ.
މުއިއްޒަށް ޝައްކު ބަލި ޖައްސާފައިވަނީ ހޯމް މިނިސްޓަރ އުފައްދާ އިންޓެލް ރިޕޯޓްތައް މުއިއްޒު އަށް ދައްކައިގެން މުއިއްޒު ނަފްސާނީ ބިރުވެރި ކަމެއްގެ ތެރެއަށް ވައްޓައިގެން ކަމަށް އޭނާ ހާމަ ކުރިއެވެ.
ކޮރަޕްޝަނުން މުއިއްޒަށް ފައިސާ ނުނެގޭ މިނިސްޓްރީއެއް، ކުންފުންޏެއް މަދެވެ. އަދި މުއިއްޒުގެ އެންގުމަށް ޖަންގިޔާ ނާޒިމް ދަނީ ޕްރައިވެޓް ކުންފުނިތަކަށް ގުޅައި އެ ކުންފުނިތަކުގެ ހިއްސާވެސް މަކަރާއި ހީލަތުން ޕްރޮޖެކްޓް ދޭނެ ކަމަށް އަދި ދޭން ހުރި ފައިސާ ދޫކުރާނެ ކަމަށް ބުނެ ނަގަމުންނެވެ.
އޭޝިޔާގެ އެއްވެސް ޤައުމެއްގައި ވައްކަމާއި ކޮރަޕްޝަން ނުހިގާ މިންވަރަށް މުއިއްޒު ދަނީ ދައުލަތުގެ މާލިޔާއިން ވައްކަން ކުރަމުންނެވެ. 55 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށްލި އިރު ރަށެއްގައި ހިންގި އެއްވެސް ޕްރޮޖެކްޓެއް ނެތެވެ. އަދި މުއިއްޒުގެ ފުރަތަމަ އަހަރު ނިންމާލީ ރާއްޖެ 21 މިލިއަން ޑޮލަރުން ދަރުވާފައެވެ. މިއީ ރިކޯޑެކެވެ.