ޕީއެންސީ ހިންގުމުގެ ކަންކަމުން އަބްދުއްރަހީމް ދުރުގައި ހުރުމަށް އަންގައި، ޕީއެންސީ އޮފީހަށް އަބްދުއްރަހީމް ވަނުން މަނާކޮށްފިއެވެ.
އަބްދުއްރަހީމް އާއި މުއިއްޒު އާއި ޖެހިގެން އުޅޭ ހަގީގީ މައްސަލަ އަކީ އަބްދުއްރަހީމް 2028 ގައި ރައީސް ކަމަށް މުރިމަތި ލާފާނެ ކަމަށް ބިރުން މުއިއްޒަށް ކުރިމަތި ވެގެން އުޅޭ ހާލަތެކެވެ.
ރައީސް މުއިއްޒު ހުރީ ނަފްސާނީ ބިރުވެރި ކަމެއްގައި "ޝައްކު" ބަލި ޖެހިފައެވެ. ރައީސް މުއިއްޒަށް ޝައްކު ބަލި ޖައްސާފައިވަނި ހޯމް މިނިސްޓަރ އިހުސާނެވެ. މި ގޮތުން ދޮގު މައުލޫމާތު ހިމަނައިގެން އިންޓެލް ދަނީ މުއިއްޒަށް ހިއްސާ ކުރަމުންނެވެ.
މި ގޮތަށް ހިއްސާ ކުރާ އިންޓެލް ރިޕޯޓްތައް ދަނީ، އިހްސާނަށް ސިޔާސީ މަންފާ ވާހެން ބަދަލު ކޮށް، މުއިއްޒުގެ ވެރިކަމަށް ދުޝްމަނުން ތަކެއް ތިބި ކަމަށް ދައްކައި ބިރު ދައްކަމުންނެވެ.
ޕީއެންސީ ހިންގުމުގެ ކަންކަމުން އަބްދުއްރަހީމް ދުރު ކޮށްފައިވާއިރު، އިހްސާން ވަނީ ޕީއެންސީއަށް 40 ހާހަށް ވުރެ ގިނަ ވަގު ފޯމުތައް ޑީއެންއާރު ޑޭޓާބޭސް ބޭނުންކޮށްގެން ވައްދާފައެވެ. މީގެ ތެރޭގައި މަރުވެފައި ތިބި ފަރާތްތަކާއި، އެހެން ޕާޓީ ތަކުގެ އިސްވެރިންގެ އަނބި ދަރިންނާއި، ސިފައިންނާއި ފުލުހުންވެސް ހިމެނެއެވެ.