ޚަބަރު

ޗައިނާއިން އޮއިގަރ ގެ މުސްލިމް ޕްރޮފެސަރު އުމުރަށް ޖަލަށް! މުސްލިމުންނަށް ޗައިނާއިން ކުރާ އަނިޔާ ދަނީ އިތުރުކުރަމުން!

ދިޔަވަރު
ޗައިނާއިން އޮއިގަރ ގެ މުސްލިމް ޕްރޮފެސަރު އުމުރަށް ޖަލަށް! މުސްލިމުންނަށް ޗައިނާއިން ކުރާ އަނިޔާ ދަނީ އިތުރުކުރަމުން!

މީގެ ހަ އަހަރު ކުރިން ގެއްލުނު ދައުވުތު (راھىلە داۋۇت) ނަމަކަށް ކިޔާ، އޮއިގަރގެ ލީޑިން ޕްރޮފެސަރަ ވަނީ "ދައުލަތުގެ ސަލާމަތަށް ނުރައްކާވާ" ކަމަށް ބުނެ ޗައިނާގެ އިން އޭނާ އުމުރަށް ޖަލަށް ލާފައިވާކަން ހާމަ ވެއްޖެއެވެ! އޮއިގަރ އަވަށުގައި ދިރިއުޅޭ މުސްލިމުންނަށް އަނިޔާކޮށް ޗައިނާއިން ދަނީ އެމީހުން އުމުރަށް ޖަލަށްލައި މަރަމުންނެވެ.

އަދި ޗައިނާއިން ވަނީ އޮއިގަރ އަވަށުގައި މުސްލިމުން ގުރުވާން ކިޔެވުމާއި، ބުރުގާ އެޅުންވެސް މަނާކޮށްފައެވެ.

އޮއިގަރގެ އިސްލާމީ ތާރީޚާއި އާދަކާދަތައް ދިރާސާކުރުމުގެ ދާއިރާއިން ސްޕެޝަލައިޒްވެފައިވާ އުމުރުން، 57 އަހަރުގެ ދައުވަތު ޖަލަށް ލާފައި ވަނީ 2018 ވަނަ އަހަރުގައެވެ. މި ހުރިހާ އަހަރަކު އޭނާ ގެއްލިގެން ހޯދި އިރުވެސް، އޭނާ ވީތަނެއް ޗައިނާއިން އޭނާގެ އާއިލާއަށްވެސް ބުނެ ނުދިނެވެ.

ދައުވުތު އުމުރަށް ޖަލަށް ލާފައިވާކަން އެނގުނީ ބައިނަލްއަޤްވާމީ ޖަމާއައްތަކުން އެތައް އަހަރެއް ވަންދެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ޗައިނާގެ އޮފިޝަލެއްގެ ފަރާތުން ލިބުނު މައުލޫމާތަކުންނެވެ.

ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ދަނީ އޭނާގެ ހާލުބަލައި، އެހީވެވެން އޮތް ގޮތެއް ދަނީ ބަލަމުންނެވެ. އަދި އޭނާ ޖަލަށް ލުމަކީ ޗައިނާއިން ހިންގާފައިވާ ލާއިންސާނީ އަމަލެއް ކަމަށާއި، އެއީ މުސްލިމުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތަކުގެ ތެރޭ ހިމެނޭ ކަމެއްކަމަށް ބުނެ އޭނާ ޖަލުން ދޫކޮށްލުމަށް ބައެއް ޖަމާއަތްތަކުން ވަނީ ގޮވާލާފައެވެ.

ދައުވަތަކީ 2016 ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށް، ޖަލަށްލާފައިވާ ކަމަށް ބެލެވޭ 300 އަށް ވުރެ ގިނަ އޮއިގަރގެ ތައުލީމީ ފަންނީ ފަރާތްތަކުގެ ތެރޭ ހިމެނޭ އެކަކެވެ. މީގެ އިތުރުން ޗައިނާގެ "ކޮންސެންޓްރޭޝަން" ކޭމްޕްތަކުގައި 1.5 މިލިއަން މުސްލިމުން ވަނީ ހައްޔަރުކޮށް އަދި އިސްލާމް ދީން ދޫކޮށްލުމަށް ބުނެ އެމީހުންނަށް ދަނީ ޗައިނާ ސަރުކާރުން އަނިޔާ ކުރަމުންނެވެ.