ޚަބަރު

މުޅި މާލެއިން ކަރަންޓް ކެޑިއްޖެ، ވީގޮތެއް ސްޓެލްކޯ އަކަށް ނޭނގެ!

ދިޔަވަރު
މުޅި މާލެއިން ކަރަންޓް ކެޑިއްޖެ، ވީގޮތެއް ސްޓެލްކޯ އަކަށް ނޭނގެ!

ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން މުޅި މާލެއިން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ޓްވިޓަރ ގައި ކޮށްފައިވާ ޕޯސްޓުން ސާފުވާ ގޮތުގައި މައްސަލަ ދެނެގަތުމުގެ މަސައްކަތް ދަނީ ކުރެވުމުންނެވެ. އެހެން ކަމުން ކަރަންޓް ކަނޑައިގެން ދިޔައީ ކޮންސަބަބަކާއި ހުރެގެން ތޯ، ކަރަންޓް ލިބޭނީ ކޮން އިރަކުތޯ ސްޓެލްކޯ އަށް އެނގި ނުލައްވައެވެ.

ނުވަތަ ސްޓެލްކޯ އިން ތެޔޮ ހުސްވެގެން ކަރަންޓް ކަނޑާލައި ޓެކްނިކަލް މައްސަލައެކޭ ބުނެ ވަގުތު ހޯދަނީ ކަމެއް ނޫން ކަމެއްވެސް ސާފެއް ނުވެއެވެ. ސަރުކާރުން ކަންކަމުގައި ދޮގު ހަދާ ވަރުން، ސަރުކާރުގެ ކުންފުނިތަކުން ހާމަ ކުރާ ވާހަކަ ތެދު ކުރުމުގައި ވަނީ އިންތިހާއަށް ދަތިވެފައެވެ.

މުޅި މާލެއިން ކަރަންޓް ކެނޑިފައި ވާއިރު، ކަރަންޓް ވިއުގައެއް އަޕްޑޭޓް ކުރުމުގެ މަސައްކަތެއް ސްޓެލްކޯއިން ކުރަމުން ދަނިކޮށެވެ. އެކަމަށް އުނިގަސް މަގު، އަދި މިރިޔާސް މަގު ހިމެނޭ ސަރަހައްދުން މިއަދު 14:00 އާއި 16:00 ދެމެދު ކަރަންޓްގެ ޚިދުމަށް ކެނޑިދާނެ ކަމަށް ބުނެފައިވަނިކޮށް މާކުރިން މުޅި މާލެއިން މިވަނީ ކަރަންޓްގެ ޚިދުމަތް ގޮސްފައެވެ.

ސްޓެލްކޯ އެމްޑީގެ 15 މަހުގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައިވަނީ ރައީސް މުއިއްޒު އަށް ސަނާ ކިޔާފައި ކިޔަން އުނދަގޫ ޕޯސްޓްތައް ކުރުމެވެ.

ކަރަންޓުގެ އަގު އިންތިހާއަށް ބޮޑު ކޮށް، މި ސަރުކާރުން އެތައް ބައެއް ފަގީރުކޮށް ނިކަމެތި ކޮށްފައިވާއިރު، ސްޓެލްކޯ އިން ދަނީ އެމްއެންޑީއެފް އަށް ޑްރޯން ގަނެދިނުން ކުންފުނީގެ މެންޑޭޓުން ބޭރުން ގަވާއިދާއި ޚިލާފަށް އެތައް ޚަރަދު ތަކެއް ކުރަމުންނެވެ.

ސްޓެލްކޯގެ ނާގާބިލު ކަމުން ހުޅުމާލެއިން ހާއްސަ ކޮށް ކަރަންޓް ކެނޑުން އިތުރުވެ، އެ ކުންފުންޏަށް ފާޑު ކިޔުން އަމާޒު ވެފައިވާއިރު، މުއިއްޒުގެ ސަރުކާރުން ކުންފުނިތަކުގައި ތިބި، ރަނގަޅު ދުވަސްވީ މީހުން ވަކިކޮށް ސާނަވީ ތައުލީމު ނެތް ފަރާތްތަކަށް ސިޔާސީ ވަޒީފާދީ ކުންފުނިތަކާއި، ސަރުކާރުގެ ހިނގުމަށް އަސަރުކުރާ ވަރުގެ ބަދަލު ތަކެއް ގެނެސްފައެވެ. މުއިއްޒު ވަނީ އިސްލާމިކް މިނިސްޓަރ ޝަހީމް އާއި އެކު "ބޮނަކުއާ" ވީޑިޔޯގައި ފެންނަ ފަރާތަށްވެސް ސްޓެލްކޯ އިން އިސް މަގާމެއް ދެއްވާފައެވެ.