ޚަބަރު

އަބުދުއްރަހީމްގެ ފިޔަ ކޮށާލުން ކުރިޔަށް: އަބުދުއްރަހީމްގެ މީހުންކަމަށް ބަލާ, ދެ ސްޓޭޓް މިނިސްޓަރަކު ޓުއަރިޒަމުން އެހެން މިނިސްޓްރީތަކަށް ބަދަލު ކޮށްފި

ދިޔަވަރު
އަބުދުއްރަހީމްގެ ފިޔަ ކޮށާލުން ކުރިޔަށް: އަބުދުއްރަހީމްގެ މީހުންކަމަށް ބަލާ, ދެ ސްޓޭޓް މިނިސްޓަރަކު ޓުއަރިޒަމުން އެހެން މިނިސްޓްރީތަކަށް ބަދަލު ކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބުދުއްރަހީމްގެ ދަރިކަލުން އިބުރާހިމް ފައިސަލް ޓުއަރިޒަމް މިނިސްޓަރުކަމުން ވަކި ކުރުމަށްފަހު, އަބުއްދުއްރަހީމްގެ މީހުންކަމަށް ބެލެވޭ ސިޔާސީ މުވައްޒަފުން ސަރުކާރުގެ އެހެން މިނިސްޓްރީތަކަށް ބަދަލު ކޮށްފިއެވެ.

އެގޮތުން މުއިއްޒު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މުންނިމް އަނީސް އާއި އަހުމަދު ނާޒިމް މުހައްމަދު އެހެން މިނިސްޓްރީތަކަކަށް ބަދަލުކުރައްވައިފިއެވެ.

މި ބަދަލާއެކު މުންނިމް އަނީސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖައްސަވާފައިވާއިރު، އަހުމަދު ނާޒިމް މުހައްމަދު ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ވަނީ ހަމަޖައްސަވާފައެވެ.

މި ދެ ބޭފުޅުންނަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްގެ އަރިހުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅުންނެވެ. މުންނިމް އަނީސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވުމަށްފަހު ހަފްތާއެއް ނުވަނީސް މަގާމުން ވަކިކުރެއްވި ބޭފުޅެކެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެންސީގެ ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމެވުމާ ގުޅިގެން އޭނާއަށް އަލުން ސްޓޭޓް މިނިސްޓަރުކަން ދެއްވާފައިވެއެވެ.

އަހުމަދު ނާޒިމް މުހައްމަދު ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހުއެވެ.