ޚަބަރު

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދައަށްވުރެ, މުއިއްޒުގެ ދަތުރުތަކަށް ކުރި ހޭދަ އިތުރު ވެއްޖެ!

ދިޔަވަރު
މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދައަށްވުރެ, މުއިއްޒުގެ ދަތުރުތަކަށް ކުރި ހޭދަ އިތުރު ވެއްޖެ!

މި ސަރުކާރަށް ދޮޅު އަހަރު ވެގެންދާއިރު, ތަރައްގީގެ މަޝްރޫޢުތަކަށް ކޮށްފައިވާ ހޭދައަށްވުރެ, މުއިއްޒުގެ ދަތުރުތަކަށް ދައުލަތުގެ މާލިއްޔަތުން ކޮށްފައިވާ ޚަރަދުތައް އިތުރުވެއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހު, ބޮޑެތި ވަފުދުތަކާއެކު ރާއްޖެއިން ބޭރަށާއި އަދި ރާއްޖޭގެ އެކި ރަށްރަށްތަަކަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަށް ކޮށްފައިވާ ހޭދަ ވަނީ މިސަރުކާރުން ތަރައްގީގެ މަޝްރޫޢުތަކަށް ކޮށްފައިވަ ހޭދަތަކަށްވުރެ ބޮޑުތަކުން މަތިވެފައި ކަމުގައެވެ.

އެހެންނަމަވެސް, ދަތުރުތަކަށް މިހާތަނަށް ކޮށްފައިވާ ހޭދަ އެތައް ބިލިއަން ރުފިޔާއަކަަށް އަރާފައިވާއިރު, މުއިއްޒުގެ ދަތުރުތަކަށް ދައުލަތުގެ މާލިއްޔާތުން ކޮށްފައިވާ ޚަރަދުތަކު ހުރިހާ ތަފްސީލެއް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލު ހާމަކޮށްފައެއް ނުވެއެވެ.

މުއިއްޒު މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މިހާތަނަށް ތަރައްގީގެ އެއްވެސް އާ މަޝްރޫއެއް ފަށާފައެއް ނުވެއެވެ. އޭގެ ބަދަލުގައި, ރަށްރަށަށް ވަޑައިގެން މިހާތަނަށް ހުޅުއްވާ ދެއްވާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން އަޅާދީފައިވާ ތަންތަނެވެ. އަދި މިހާރުވެސް ތަރައްގީގެ ގިނަ މަޝްރޫޢުތައް ހުއްޓިފައިވާއިރު, މަދުން ނަމަވެސް ކުރިޔަށް ދަނީ އެމްޑީޕީގެ ސަރުކާރުގައި ފަންޑު ހޯދާ, އަދި އަމަލީ މަސައްކަތްވެސް ފަށާދީފައިވާ މަޝްރޫއުތައްކަން ފާހަގަ ކޮށްލެވެއެވެ.

އަދި މުއިއްޒު ފާހަގަވެފައިވަނީ ސަރުކާރުން އޮފިޝަލުންނާއި އެނޫންވެސް ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް ފަރާތްތަކާއެކީ, ބޮޑު ވަފްދެއް ހައްދަވައިގެން ރާއްޖެއިން ބޭރަށާއި އަދި ރަށްތަކަށްވެސް ދަތުރުކުރައްވާ ރައީސެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިގޮތަށް, ރާއްޖެއިން ބޭރަށް މުއިއްޒު ކުރެއްވި އެއްވެސް ދަތުރަކުން އަމި މިހާތަކަށް ދައުލަތަށް މާލީ އެއްވެސް އެހީތެރިކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ,

މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެން, އަދިވެސް ރަށްރަށް ވަޑައިގެން ދޮގު ވައުދުވަމުންދާ ވެރިއެއްގެ ގޮތުގައެވެ.