ޚަބަރު

މިއަދު އިރު އެރި ގޮތަށް، އެންވަޔަރަންމަންޓާއި ޓޫރިޒަމް އެއްކޮށްލައިފި. ނާގާބިލު ކަން އިތުރަށް ތަމްސީލް ނުކޮށް މުއިއްޒު އިސްތިއުފާ ދޭންޖެހޭ!

ދިޔަވަރު
މިއަދު އިރު އެރި ގޮތަށް، އެންވަޔަރަންމަންޓާއި ޓޫރިޒަމް އެއްކޮށްލައިފި. ނާގާބިލު ކަން އިތުރަށް ތަމްސީލް ނުކޮށް މުއިއްޒު އިސްތިއުފާ ދޭންޖެހޭ!

މިއަދު އިރު އެރި ގޮތަށް، އެންވަޔަރަންމަންޓާއި ޓޫރިޒަމް އެއްކޮށްލައި، މިނިސްޓަރަކަށް ތޯރިގު ހަމަޖައްސައިފިއެވެ. ނާގާބިލު ކަން އިތުރަށް ތަމްސީލް ނުކޮށް ރައިސް މުއިއްޒު އިސްތިއުފާ ދޭން ޖެހެއެވެ. ރޭގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރެއްވުމުން އެމަނިކުފާނު ރޭގައި ހުންނެވީ އަވާހަރަ ފުޅު ނުލައްޕަވައެވެ. އިރު އެރި ގޮތަށް އެންވާރަމަންޓާއި، ޓޫރިޒަމާއި އެއްކޮށްލި އިރު، އެމަނިކުފާނު ހުންނެވީ ހަމަ ހޭފުޅުގައި ކަމެއް ކަށަވަރެއް ނުކުރެވެއެވެ. ހަމަ ގައިމުވެސް ހަމަ ނިދި ލިބިވަޑައިގެންފައި ނުވާނެއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ މަގާމަށް ތޯރިގު އައްޔަން ކުރެއްވުމުގެ ގޮތުން އޭނާއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ދެންމެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތޯރިގަކީ ޓޫރިޒަމް އާއި ބެހޭ އެއްވެސް އެއްޗެއް އެނގޭ މީހެއް ނޫނެވެ. އަދި އެންވާރަމެންޓް މިނިސްޓްރީ ވެސް ހިންގޭ ފަރާތެއް ނޫނެވެ. ކުޑަމިނުން ރައްޔިތުންގެ ފަރާތުން ވޯޓެއް މުއިއްޒަށް ހޯދައި ދެވޭ ވަރުގެ މީހެއްވެސް ނޫނެވެ.

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިނާއަތާއި ގުޅޭ އެންމެ މުހިންމު މިނިސްޓްރީ އަކީ ސަބް-މިނިސްޓްރީ އަކަށް ހަދައި އެހެން މިނިސްޓްރީ އަކާއި އެއްކޮށްލުމަކީ މުޅި ރާއްޖޭގެ އިލްމީ ޤާބިލު އެންމެހާ ފަރާތްތަކަށާއި މުޅި ސިނާއަތަށް ލިބުނު ބޮޑު ސިހުމެކެވެ.