ޚަބަރު

ޑެންގޫ ޖެހި 2 ހަފްތާވާއިރު ވެސް ރަނގަޅުނުވާނަމަ، މަރުވުން އެކަށީގެންވޭ: ޑޮކްޓަރުން

ދިޔަވަރު
ޑެންގޫ ޖެހި 2 ހަފްތާވާއިރު ވެސް ރަނގަޅުނުވާނަމަ، މަރުވުން އެކަށީގެންވޭ: ޑޮކްޓަރުން

ދުނިޔޭގައި އެންމެ ގިނަ ދުވަސް ޑެންގޫ ޖެހިގެން ރިކޯޑް ކުރެވިފައިވަނީ 14 ދުވަހެވެ. އަދި 14 ދުވަސް ވާއިރު ޑެންގީ ޖެހިގެން ރަނގަޅު ނުވަނީ ސިއްހީ އެހެން ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުންނެވެ. އެހެން އެކަން އޮތްކަމުގައި ވާނަމަ، ފުރާނައަށް އޭގެ އަސަރުކޮށް، އެމީހެއްގެ ފުރާނަ ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ކަމުގައި އިތުބާރުނެތި ހުންނެވި، އީވާ އަބްދުﷲ އޭނާގެ ބޭބެ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ވޯޓަށް އަހަން ޖެހިފައި އޮއްވާ، ޑެންގޫ ޖެހިގެން މަޖިލީހަށް ހާޒިރު ނުވާތާ 14 ދުވަސް ވެއްޖެއެވެ.

މި ނޫހުގެ ފަރާތުން އީވާގެ ހާލު ބެލުމަށް، އޭނާގެ ބޭބެ ނަޝީދަށް ގުޅުއްވުމުން ފޯނު ނުނަންގަވާތީ އީވާގެ ބަލިހާލާއި މެދު އެއްވެސް މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ މިބަލީގައި އީވާ ދުނިޔެއަޅާ ނުދިޔުމެވެ. އެއީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދަކު، ނަޝީދުގެ ވޯޓަށް އަހާނޭ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ނެތް ކަމަށް ބުނެ، މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އުމުރަށް ހުރުމަށް، މަޖިލީހުގެ އަމީން އާންމު ނިއުޝާ ކަނޑައެޅުމަކީ އެކަށީގެންވާ ކަމެއްކަމުގައި ވާތީއެވެ.