އެއަރޕޯޓުން ހިފަހައްޓާ ސިނގެރެޓް ނައްތާލުމުގެ ބަދަލުގައި ކަސްޓަމުން މާލެ ގެންގޮސް ވަގަށް ވިއްކަން ފަށައިފިއެވެ. މީގެ ކުރިން ކަސްޓަމުން އަމަލު ކުރަމުން ދިޔަ ގޮތަކީ، ޤަނޫނާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ސިނގިރެޓް އެއަރޕޯޓުން ހިފަހައްޓައި ތިލަފުއްޓަށް ގެންގޮސް ނައްތާލުމެވެ.
ރައީސް މުއިއްޒާއި އަރިސް، ކަސްޓަމް ސީޖީ އަންގައިގެން ކަމަށް ބުނެ، މިހާރު ސިނގިރެޓް ގެންދަނީ މާލެއަށެވެ. މާލޭގައި ސިނގިރެޓް ނައްތާލުމުގެ ނިޒާމެއް އެކުލަވާލާފައި ނެތުމުން އެ ސިނގިރެޓް ވަންނަމުން ދަނީ ބްލެކް މާކެޓަށެވެ.
މިކަމުގައި އަޑީގައި ތިބީ ސަރުކާރުގެ ކޮން ބައެއް ކަން ދިޔަވަރު ނޫހުން ދަނީ ހޯދަމުންނެވެ. އަދި އެކަމާއި ގުޅޭ މައުލޫމާތު އެނގިލައްވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް އެ މައުލޫމާތު ހިއްސާ ކޮށްދެއްވުން އެދެމެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަނާއި ވައްކަން އާންމު ވެފައިވާ މިންވަރަކީ، އެއަރޕޯޓުން ޓުއަރިސްޓުން އަތުން ހިފަހައްޓާ ސިނގިރެޓް ފޮށިވެސް މިދަނީ ވައްކަމުގެ ތެރެއިންނެވެ. ވައްކަން ނުކުރާ ދިމާލެއް، ނުކުރާ ކަމެއް އެއްވެސް ގޮތަކަށް ނެތެވެ.