ޚަބަރު

ސަރުކާރު ކުންފުނިތަކުން ކޮންމެ މަހަކަށް 341 ޕީއެންސީ އެކްޓިވިސްޓުން ނަގައި، ބޭކާރު ގޮތުގައި 2384 ވަޒީފާ މިހާތަނަށް މުއިއްޒު ހަމަ ޖައްސައިފި

ދިޔަވަރު
ސަރުކާރު ކުންފުނިތަކުން ކޮންމެ މަހަކަށް 341 ޕީއެންސީ އެކްޓިވިސްޓުން ނަގައި، ބޭކާރު ގޮތުގައި 2384 ވަޒީފާ މިހާތަނަށް މުއިއްޒު ހަމަ ޖައްސައިފި

ސަރުކާރު ކުންފުނިތަކުން ބޭކާރު ގޮތުގައި 2384 ވަޒީފާ މުއިއްޒު ޕީއެންސީ އެކްޓިވިސްޓުންނަށް ދީފިއެވެ. މިހާވަރަށް އެކްޓިވިސްޓުން އައްޔަން ކޮށްފައިވާކަން އެނގުނީ ޕީސީބީ އިން އާންމު ކޮށްފައިވާ ރިޕޯޓުންނެވެ.

2024 ގެ ދެވަނަ ކުއާޓަރގެ ނިޔަލަށް

މައިގަނޑު ބަދަލުތައް

މުއިއްޒު ސަރުކާރު ވެރިކަމާ ހަވާލުވި ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ވަނީ 2,384 އިން އިތުރުވެފައެވެ. އެގޮތުން 34,369 މުވައްޒަފުންގެ އަދަދު 36,753 އަށް އަރާފައިވެއެވެ. މިއީ 6.9% ގެ އިތުރުވުމެކެވެ.

ކުއާޓަރތަކަށް ބަހާލެވިފައިވާ ގޮތް

  • 2024 ގެ ފުރަތަމަ ކުއާޓަރ: 297 މުވައްޒަފުން އިތުރުވެފައި
  • 2024 ގެ ދެވަނަ ކުއާޓަރ: 2,087 މުވައްޒަފުން އިތުރުވެފައި

މި ބަދަލުތަކަށް ބަލާއިރު، އެވްރެޖްކޮށް މަހަކު 341 މުވައްޒަފުން ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް 2024 ގެ ދެވަނަ ކުއާޓަރގައި މި އިތުރުވުން ވަނީ އާދަޔާ ޚިލާފަށް އަވަސްވެފައެވެ.

އެންމެ ގިނަ މުވައްޒަފުން އިތުރުވި ކުންފުނިތައް

  1. RDC (ރީޖަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން): 960 މުވައްޒަފުން އިތުރުވެފައި
  2. MACL (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ): 487 މުވައްޒަފުން އިތުރުވެފައި
  3. WAMCO (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން): 402 މުވައްޒަފުން އިތުރުވެފައި
  4. MPL (މޯލްޑިވްސް ޕޯޓްސް ލިމިޓެޑް): 237 މުވައްޒަފުން އިތުރުވެފައި

މިހާރު އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުނިތައް

  1. ފެނަކަ ކޯޕަރޭޝަން: 7,045 މުވައްޒަފުން
  2. މޯލްޑިވްސް އެއަރޕޯޓްސް: 4,518 މުވައްޒަފުން
  3. އެމްޓީސީސީ: 4,762 މުވައްޒަފުން

ކުންފުނިތަކުގެ މާލީ ހާލަތު

  • 30 ސަރުކާރު ކުންފުނީގެ ތެރެއިން:
  • 16 ކުންފުންޏަކީ އަމިއްލަ އާމްދަނީން ދެކޮޅުޖެއްސޭ ކުންފުނި
  • 14 ކުންފުންޏަކީ ދައުލަތުގެ ބަޖެޓުން ހިންގާ ކުންފުނި

ކަންބޮޑުވުންތައް

  • ވަޒީފާތައް އިތުރުވަމުންދާ ބާރުމިން އާދަޔާ ޚިލާފަށް މަތި
  • ދެވަނަ ކުއާޓަރގައި އެކަނި 2,087 މުވައްޒަފުން އިތުރުވެފައިވުން
  • އަމިއްލަ އާމްދަނީން ދެކޮޅުނުޖެހޭ ކުންފުނިތަކަށްވެސް މުވައްޒަފުން އިތުރުވަމުންދިއުން

މި ރިޕޯޓުގެ މަޢުލޫމާތުތައް ނަގާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ 2024 ގެ ދެވަނަ ކުއާޓަރގެ ރިޕޯޓުންނެވެ.