ޚަބަރު

ޕޮއިންޓް ލިބިފަ އެހުރީ ޕޯޓަލްއަށް ހުށަހެޅި މައުލޫމާތުގެ މައްޗަށް: ހައުސިން މިނިސްޓްރީ

ދިޔަވަރު
ޕޮއިންޓް ލިބިފަ އެހުރީ ޕޯޓަލްއަށް ހުށަހެޅި މައުލޫމާތުގެ މައްޗަށް: ހައުސިން މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފައިނަލް ލިސްޓުގައި ލިބިފައިއެވާ ޕޮއިންޓެއް ލިބިފައިވާނީ ހުށަހެޅި މައުލޫމާތުން ކަމަށާއި ޕްރޮސެސްތަށް ކުރިއަށްގެންދަނީ ސިންގަޕޫރުގައި މިފަދަ ކަންކަން ކުރާގޮތް ބެލުމަށްފަހުގައި ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިކަން މިއަދު ހާމަކުރީ މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ ފޯމު ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާނީ ފޯމުގައި އެ ފަރާތުން ހިމަނާފައިވާ މައުލޫމާތެއްގެ މައްޗަށް ކަމަށެވެ. ކުރީ ފަހަރުތަކާ ހިލާފަށް މިނިސްޓްރީއަށް ނުވަތަ އިވޭލުއޭޓަރުންނަށް ފޯމުތަކަށް އިތުރަށް ޕޮއިންޓެއް ދިނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ދޮގު މައުލޫމާތު ހުށަހަޅައިގެން ގިނަ ޕޮއިންޓް ލިބުނު ކަމަށް ދެކެވޭ ވާހަކައާއި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ލިސްޓުތަކާއި ގުޅޭގޮތުން މިނިސްޓްރީން މިއަދު ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އެއްވެސް ވާހަކައެއް އަދި މިފަހަރު ދިމާވެފައިނުވާކަމަށާއި ދޮގު މައުލޫމާތު ހުށަހެޅުމަކީ އެ ހުށަހެޅި ބައެއްގެ އަމިއްލަ ކަމެއް ކަމަށެވެ. އެކަމަށްޓަކައި ފޯމުގައި އިގްރާރެއް ހިމަނާފައިވާނެ ކަމަށާއި ފޯމު އެ ހުށަހަޅަނީ އެ އިގްރާރަށް އެއްބަސްވުމަށްފަހުގައި ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފައިނަލް ލިސްޓަށް ބަދަލު އަންނަވަރުގެ އެއްވެސް ޝަކުވާއެއް އަދި ލިބިފައިނުވާކަމަށާއި މިކަން ގޯސް ކުރަނީ ވަކި ބަޔަކު ކަމަށެވެ. އަދި މިއީ އިންޑިއާ އައުޓްފަދަ ކަމެއް ކަމަށާއި ވަކި ބަޔަކު ސަރުކާރުގެ އަގު ވައްޓާލުމުގެ ނިޔަތުގައި މިކަން ބޮޑު ކަމަކަށް ހަދަނީ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކާ އަޅާބަލާއިރު ހޯމް މިނިސްޓްރީ ދޮށަށް އެއްވި މީހުންގެ އަދަދުވެސް މާ ބޮޑަށްވެސް މަދުކަމުގައި އަކްރަމް ފާހަގަކުރެއްވިއެވެ.