ޚަބަރު

މާދަމާ އޮތީ އަބްދުއްރަހީމުގެ ސިޔާސީ ހަޔާތް ކަތިލުމުގެ ކުރިން ފެންދިނުން! މެމްބަރުން ވީ "ބަހުލޫލް" ލަވަ މަޖިލީހުގެ ތަޅުމުގައި މުއިއްޒުގެ ކަންފަތަށް ވިރުވައި އަޅާލަދޭން!

ދިޔަވަރު
މާދަމާ އޮތީ އަބްދުއްރަހީމުގެ ސިޔާސީ ހަޔާތް ކަތިލުމުގެ ކުރިން ފެންދިނުން! މެމްބަރުން ވީ "ބަހުލޫލް" ލަވަ މަޖިލީހުގެ ތަޅުމުގައި މުއިއްޒުގެ ކަންފަތަށް ވިރުވައި އަޅާލަދޭން!

މާދަމާ އޮތީ މުއިއްޒު އަބްދުއްރަހީމުގެ ސިޔާސީ ހަޔާތް ކަތިލުމުގެ ކުރިން ފެންދިނުމެވެ. އަބްދުއްރަހީމް ވަރަށް އާދޭސް ކޮށްފިއެވެ. ބުއްދި އިސްކޮށް، ހަމަޖެހުމާއި، އަމާން ކަމާއި އެކު ކަންކަން ކުރިއަށް ގެންދެވޭތޯ ވަރަށް ބޮޑަށް ބަލައި މަސަލަސްވުމަށް އަބްދުއްރަހީމް އުޅެފިއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގައި މުއިއްޒުގެ ފަރާތުން އެއްބާރުލުމެއް ނުލިބުނެވެ. ރުހުމެއް ނުލިބުނެވެ. ހިތްހަލާސް ކަމެއް ނުލިބުނެވެ. މުއިއްޒުގެ ކިބައިން ފެނުނީ ބޮޑާވެރިކަމާއި ކިބުރުވެރިކަމާއި އަނިޔާވެރި ކަމުގެ ޒީލެވެ.

އަބްދުއްރަހީމުގެ ސިޔާސީ ހަޔާތް ކަތިލުމުގެ ކުރިން ފެންދެނީ "ހެޔޮފުޅު" ވެގެންނެއް ނޫނެވެ. އަބްދުއްރަހީމަށް އަނިޔާވެރި ވުމަކީ، ވެރިކަމުގެ "ބާރު" އިހްސާސް ކޮށް، އަމިއްލަ ނަފްސުގެ ބާރުވެރިކަމާއި ޝާނާއި ޝައުކަތު ދައްކާލައިގެން ލިބޭ ހިތްހަމަޖެހުމަކަށް ވާއިރު، އެ އިހްސާސް ކޮށްލުންމަށް ކުރާ ގުރުބާނީ އަކީ، ހަމަ ކަންބަޅިއެއް ކަތިލުމުގެ ކުރިން ފެންދޭ އުސޫލުން ފެންދިނުމެވެ.

އެވަރުން ނުފުދިގެން އަބްދުއްރަހީމު ނުހިމަނައި، މަޖިލީހުގެ ރިހާސަލް ސެޝަން އެއް މިރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. ބޭނުމަކީ އަބްދުއްރަހީމުގެ ގަދަރުވެރިކަމުގައި މުއިއްޒުގެ ވެރިކަމުގެ ކޮޅުފައިން ޖަހާ ދައްކޮށްލުމެވެ. ބޭނުމެއް ނެތް މީހެއްކަން މުޅި ދުނިޔެއަށް އަންގައި ބޭޒާރުގެ ދޮރުން ބޭރުކޮށްލުމެވެ. އަބްދުއްރަހީމުގެ ބަލި ހިތުގައި ޖައްސާލައިގެންނެވެ. ހިތްދަތިކަމުގައި މާދަމާ މަޖިލީހަށް ނާންނާނެ ވަރު ކޮށްލުމުގެ ބޭނުމުގައި ވެސް މެއެވެ.

ނަމަވެސް މި ބޭއްވި ރިހާސަލުން ރައްޔިތުންނަށް ފެނުނީ މުއިއްޒު މަޖިލީސް މެމްބަރުންނަށް އިތުބާރު ނުކުރާތަނެވެ. މި ނޫނިއްޔާ ވެރިއަކު އަންގައިގެން، މަޖިލީސް ހުޅުވުމަށް މެމްބަރުން ކިޔަމަންވެ ތިބުމަށް ތަރުބިއްޔަތެއް ނުކުރައެވެ. މުއިއްޒަށް ލޯމަތިން މަޖިލީސް މެމްބަރުން ހުޝޫއަތްތެރިވެ ތިބާ މަނާޒިރު ކުރިޔާލައި ތަމްސީލުކޮށް ނުދައްކައިފި ނަމަ، މާދަމާ އަށް ހިތަށް ތަސައްލީއެއް ނުލިބޭނެތީ މިކަން މިގޮތަށް ކުރުވީއެވެ. ޕީއެންސީގެ ފަރާތުން މަޖިލީހުގައި ތިބީ ހާދަ އަގެއް ނެތް، ހާދަ ނިކަމެތި، ހާދަ ނާގާބިލު ބައެކޭ ހިތަށް އަރެއެވެ.

އަބްދުއްރަހީމް އެންމެ ފަހުން، ދެން މުއިއްޒު އާއި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް އެވަނީ ނިންމާފައެވެ. މާދަމާ ރަސްމިއްޔާތަށް އަބްދުއްރަހީމް ދާނެއެވެ. އަބްދުއްރަހީމަ އޮޅިވަޑައިގެން އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ކިޔަން އުޅެނިކޮށް ކައްޒާބު އަށް ގޮވެންވީއެވެ. މާދަމާ މަޖިލީހުގައި މެމްބަރުންވީ "ތިއީ ބަހުލޫލެކޭ" ލަވަ މުއިއްޒުގެ ކަންފަތަށް ވިރުވައި އަޅާލަދޭށެވެ. ވައްކަމާއި ދޮގާއި މަކަރާއި، އަނިޔާވެރި ކަމާއި، ނިކަމެތި ކަމާއި ދެކޮޅަށް އުފުލާ ހަރު އަޑުންނެވެ. އެއަށްވުރެ ބާރު އަޑެއް ނޯންނާނެއެވެ.