ޅެން ވެރިކަމަކީ ޚަބަރު ކަމަށް ބަލައި، އަދި ޚިޔާލުގެ މައްޗަށް ހަދާ ފިލްމު ތަކަކީވެސް ޚަބަރު ކަމަށް ބެލެވޭހެން ބްރޯޑް ކޮމް އިން އަމަލު ކުރަން ފަށައިފިއެވެ.
ހަނދާ ތިޔަ ހަނދުގެ ޝަރަފުގަ އޭ ހިތާ ހަށިގަނޑު ވެދުން ކުރަނީ
ޅެން ވެރިޔާ ލަވާގައި ބުނެފައިވާ ފަދައިން ހަނދުގެ ޝަރަފުގައި އޭނާގެ ހިތާ ހަށިގަނޑު ވެދުން ކޮށްފައިވާކަން ސާބިތު ނުކުރެވޭ ނަމަ، ޅެންވެރިޔާ އެ ކޮށްފައިވަނީ ކުށެއް ކަމަށް ބެލުމަށް ބްރޯޑް ކޮމް އިން ވަނީ ނިންމާފައެވެ.
މި ގޮތުން ރާއްޖެ ޓީވީ އިން މުއިއްޒުގެ ވައްކަމާއި، ހީލަތްތެރި ކަމާއި، އަދި ކޮރަޕްޝަނާއި، ސަރުކާރުގެ ބަޖެޓްގައިވާ ފައިސާއަށް ހެދި ނުހެދި ގޮތް ނޭގޭ ކަމަށް ބުނެ، ޝާއިޢު ކޮށްފައިވާ ލަވާގައިވާ ތަންކޮޅެއް ސާބިތު ނުކުރެވޭ ކަމަށް ބުނެ، އެއީ ޚަބަރެއް ކަމަށް ބަލައި އެ މައްސަލަ ބްރޯޑްކޮމް އިން ވަނީ ނަގާފައެވެ.
މައްސަލަ އުލޭ ކަމަށް ސިޓީގައި ބަޔާން ކޮށްފައި ވާ ތަންކޮޅަކީ "ލިސްޓާއި ކުޅެ ކުޅެ ގަޑުބަނޑު ކުރުމުން ހުޅުވެސް ޖަހާފިއޭ". ދެން މައްސަލަ އުޅޭ ކަމަށް ފާހަގަ ކޮށްފައި ވަނީ، ހައުސިންގ ގައި ރޯވެއްޖެއޭ ސާރވާތައް އަނދާފިއޭ، ބަލަބަލަ ތިއްބާ ހުރިހާ ތަންތަން އަޅިއަށް ހަދާފިއޭ" އެވެ.
ޅެމުގައި އޮތް މިވާހަކަ އަކީ ބްރޯޑްކޮމްގެ އެއްވަނަ މާއްދާ އާއި ޚިލާފު ވާހަކައެއް ކަމަށް ބްރޯޑް ކޮމް އިން ވަނީ ރާއްޖެ ޓީވީއަށް އަންގާފައެވެ. އެމައްދާގައި ވަނީ ޚަބަރާއި ކަރަންޓް އަފެޔާސް ގެނެސް ދިނުމުގައި ވަކި ފަރާތަކަށް ބުނެ ނުވެ ހަމަ ހަމަ ކަމާއި އެކު ޚަބަރު ގެނެސް ދިނުމުގައި ތެދު މައުލޫމާތު ދިނުން އެވެ.
ރާއްޖެ ޓީވީ އިން ހެދި ޅެމުގައި ބްރޯޑްކޮމް އިން ފާހަގަ ކޮށްފައިވާ ތަންކޮޅުގައި އެވަނީ ތެދު ވާހަކަ އެވެ. ނަމަވެސް، ޅެމެއްގައި ހުރީ ތެދުވާހަކަތޯ ބެލުމަށް، ޅެން ޚަބަރެއް ކަމަށް މާނަ ކޮށް، އެކަން ކުރާ ނަމަ، ރާއްޖޭގައި ތިބި ހުރިހާ ޅެންވެރިން ކުށްވެރިިވެ، ޖަލު ގޮޅިއަކަށް އެބަ ފެތެއެވެ.
ބްރޯޑްކޮމް އިން މި ލަވަ ކުށްވެރިވާ ދެވަނަ ކަމަކަށް ފާގަ ކޮށްފައިވަނީ "ކަމެއް ހިނގި ގޮތް ސާބިތު ނުވާ ހާލަތެއްގައި، ކަމެއް ހިނގިގޮތް ހާމަކުރާ އިރު، މުއުތަބަރު ކަމަށް ޔަގީން ކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސް ދިނުން" ކަމަށް އޮތް މާއްދާއެވެ.
ބްރޯޑްކޮމް ސަފާއާއި، މުއިއްޒު އަށް ނޭގުނަސް، ލަވައާއި ޅެން ތަކުގައި މަސްދަރު ލިޔެގެން ޅެން ހަދައެއް ދުނިޔޭގެ އެއްވެސް ތަނަކު ނޫޅެއެވެ.
ދިވެހިންގެ ޒާތީ މިނިވަންކަމަށް އަރައި ގަތުމަށް ބްރޯޑްކޮމްގެ ރައީސް ސަފާއަކަށް އެއްވެސް ހައްޤެއް ނެތެވެ. ޅެންވެރިކަމާއި، ފިލްމާއި، ފިކްޝަން މަނާ ކުރާ ހިސާބަށް މީހާގެ ހާލަތު މަދު ލާރި ކޮޅަކަށްޓަކައި ތިހެން ދުއްވާލީމާ، ރައްޔިތުންނަށް ފެންނަނީ މުލިޔާގޭ މުއިއްޒުގެ ފާހާނަ ސާފު ކޮށް ގުލާން ކުރަން ސަފާ އޮންނަ މަންޒަރެވެ.