ޚަބަރު

ޕީޕީއެމް ސަރުކާރުން އެދިގެން ގެނައި ޑޯނިއަރ އިން 70 އަހަރު މީހަކު އެމަޖެންސީގައި މާލެ ގެނެސްފި!

ދިޔަވަރު
ޕީޕީއެމް ސަރުކާރުން އެދިގެން ގެނައި ޑޯނިއަރ އިން 70 އަހަރު މީހަކު އެމަޖެންސީގައި މާލެ ގެނެސްފި!

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން މާލެ އަށް ގެންދިޔަ އުމުރުން 70 އަހަރުގެ ފިރިހެނެއްގެ މެޑިކަލް އިވެކުއޭޝަން އެމްއެންޑީއެފް ޑޯނިއާ އެއާކްރާފްޓް މެދުވެރިކޮށް މިއަދު 11:32 ހާއިރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި އެމްޖެންސީގައި އެމްއެންޑީއެފް އާއި އެކު ޕީޕީއެމް އިން ގެނައި އިންޑިޔާސިފައިން ވަނީ ބަލިމީހާ މާލެ ގެނައުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ ކޮންމެ އޮޕަރޭޝަނެއްގައި އިންޑިޔާ ސިފައިންގެ 11 ނުވަތަ 12 ފަރާތެއް ހަރަކާތްތެރިވެއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިންގެ 74 މީހުން ތިބި އިރު މީގެ ތެރެއިން 22 މީހަކު ފިޔަވައި އެންމެން ގެނެސްފައިވަނީ ޕީޕީއެމްގެ ސަރުކާރުން އެދިގެން ޕީޕީއެމް ސަރުކާރުން ގެނައި ހެލިކޮޕްޓަރަކާއި، ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމަށެވެ. ފުރަތަމަ ގެނައި 22 މީހުން ގެނެސްފައި ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ އެދުމުގެ މަތިން 2010 ވަނަ އަހަރު ގެނައި ހެލިކޮޕްޓަރާއި އެކުއެވެ.

މި ފާއިތުވި 13 އަހަރު ރާއްޖޭގައި ހިންގާފައިވާ މެޑިކަލް އިވެކުއޭޝަން ތައް ކުރިއަށް ގެންގޮސްފައިވަނީ އިންޑިޔާގެ ސިފައިންގެ އެހީތެރިކަމާއި އެކު އެވެ. އަދި މިކަމުން ދިވެހި އެތައް ބައެއްގެ ފުރާނަ އެމަޖެންސީގައި ސަލާމަތް ކުރުމަށް ޔާމީނު އެދިގެން ގެނައި ޑޯނިޔާ އާއި އިންޑިޔާ ސިފައިން އެހީވެދީފައިވެއެވެ.