އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް ބައި އިލެކްޝަންތަކުގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލާ 24 ގޮނޑި، ވެރިކަންކުރާ ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ބައި-އިލެކްޝަންތަކުން ޕީއެންސީއަށް, އިންތިޚާބަކާ ނުލާ ގިނަ ގޮނޑިތަކެއް ލިބުން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެއީ ވަރަށް ބޮޑު ކާމިޔާމީއެއް ކަމަށާއި, އެކަމަށްޓަކާ ޕީއެންސީގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.
އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކުރި ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް އަތޮޅު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި، ރަށު ކައުންސިލްގެ ރައީސްކަމުގެ އެއް ގޮނޑިއާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 29 ގޮނޑި ކާމިޔާބުކުރެވިފައިވާ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އިއްޔެ ބޭއްވުނު ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ 37 ގޮނޑީގެ ތެރެއިން އިންތިޚާބަކާ ނުލައި 24 ގޮނޑިއާއި، އިންތިޚާބުގައި ވާދަކޮށްގެން 9 ގޮނޑި ހިމެނޭގޮތަށް ޖުމުލަ 33 ގޮނޑި ޕީއެންސީއަށް ލިބިފައި ވެއެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ބޭއްވޭ ގިނަ ބައި އިލެކްޝަންތަކުގައިވެސް ސަރުކާރުންވަނީ އިންތިޚާބަށް ނުފޫޒު ފޯރުވާ ރިޝްވަތުގެ ފައިސާވެސް ބަހާ ހަދާފައެވެ. އެހެންނަމަވެސް ސަރުކާރުގެ ނުފޫޒާއެކުވެސް, އިއްޔެ އިންތިޚާބު ބޭއްވުނު ކައުންސިލް އިންތިޚާބުތަކުގެ ތެރެއިން ދެ ކައުންސިލެއްގެ ބައި އިލެކްޝަން އިދިކޮޅު އެމްޑީޕީން ކާމިޔާބު ކޮށްފައި ވެއެވެ.